logoEN
cocacola
ފުވައްމުލަކުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ

ފުވައްމުލަކުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ

އަލްފާ އަލީ

logo

4/3/2024, 7:53:29 AM

# ފުވައްމުލައް ސިޓީ# އެކްސިޑެންޓް

ފުވައްމުލައް ހޮސްޕިޓަލް --

ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ޒަހަމްވެއްޖެ އެވެ.

ގޮސިޔާ

ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ދިގުވާޑު ނައިބުތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 23:45 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހޯމަ ދުވަހުވެސް ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭނާއަށްވެސް މާލޭ އައިޖީއެމް ހޮސްޕިޓަލުގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ