logoEN
cocacola
ވައުދުތައް ފުއްދުމަށް 200 އަށްވުރެ ގިނަ ބިލް ފާސްކުރަންޖެހޭ - ރައީސް

ވައުދުތައް ފުއްދުމަށް 200 އަށްވުރެ ގިނަ ބިލް ފާސްކުރަންޖެހޭ - ރައީސް

އަހުމަދު ޝުރާއު

logo

4/2/2024, 8:15:28 PM

# ރައީސް މުއިއްޒު

ރައީސް މުއިއްޒު

ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން 200 އަށްވުރެ ގިނަ ބިލް ފާސްކުރަން ޖެހޭ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް މިފަދައިން ވިދާޅުވީ ހުޅުމާޅެ ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ އެސަރަހައްދަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ

އެގޮތުން ރައީސް ވަނީ މި ޖަލްސާގައި ކުރިޔަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރުން ތާއީދުކުރާ ފަރާތްތައް ހޮވަންޖެހޭ ސަބަބުތައް ހާމަކުރައްވާފައި އެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވުމެވެ.

އެގޮތުން ރައީސް ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވަޢުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާޙާއި އައު ބިލްުތައް ހިމެނޭހެން ޤާނޫނުތައް ފާސްކުރަން ޖެހޭ ކަމަށެވެ. އެކަން ވާނީ ސަރުކާރުގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރާ އެއް ވިސްނުމެއް ނެތް ބަޔަކު އިންތިޚާބުކޮށްގެން އެ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށެވެ.

ރައީސް ވަނީ މިހާރު އޮތް މަޖިލީހުގައި އެމަނިކުފާނަށް މެޖޯރިޓީ ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތައްވެސް ހާމަކުރައްވާފައި އެވެ. އެގޮތުން ، މިއަހަރުގެ ބަޖެޓު ފާސްކުރިއިރުވެސް އެމަނިކުފާނު ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ހުށަހެޅުއްވި ބަޖެޓު އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން ބަދަލު ގެނެސް ފާސްކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި ކުރިޔަށް އޮތް 20 ވަނަ ދައުރުގެ މަޖިލީހުގެ މެޖޯރިޓީ ވެސް ސަރުކާރާއި އިދިކޮޅަށް ދީފިނަމަ އެފަދަ ކަންކަން ކުރިމަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ