އެމްޓީސީސީގެ ބޯޑު މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަހުމަދު ޝުރާއު
4/2/2024, 4:31:42 PM
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މައި އޮފީސް :- ފޮޓޯ | އަހުމަދު ޝުރާއު
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެމްޓީސީސީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރަކު އިންތިހާބުކުރަން ޖެހޭ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން 23 އޭޕްރީލްވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އަށް އީމެއިލް ކުރުމަށް އެމްޓީސީސީގެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.އެ މަގާމަށް ނޮމިނޭޓްވާ ފަރާތްތަކުގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މައުލޫމާތު، އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ އެވެ. މި މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ މިއަހަރު ބާއްވާ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.
އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ހުަށަހަޅާ ފަރާތަކީ 30 އަހަރު ވެފައިވާ މީހަކަށް ވުމަކީ މަޖުބޫރު ކަމެކެވެ. އަދި މިނޫނަސް ގިނަ ޝަރުތުތަކެއް ޑިރެކްޓަރަށް ވުމަށް ފުރިހަމަވާނެ ޖެހެއެވެ.
އެމްޓީސީސީގެ ބޯޑުގައި 7 ޑިރެކްޓަރުން ތިއްބަވަ އެވެ. އެއީ ސަރުކާރުގެ ފަރާތުން 5 ޑިރެކްޓަރުންނާއި އާންމު ހިއްސާދާރުން އިންތިހާބުކުރާ 2 ޑިރެކްޓަރުންނެވެ.