
ޗީފް އޮފް ޑިފެންސް ފޯސް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި
# އައްޑޫ ސިޓީ ކައުންސިލް# އެމްއެންޑީއެފް-
ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ކުރައްވާ ދަތުރުފުޅުގައި، އައްޑޫ ސިޓީ ކައުންސިލްއާ ބައްދަލުކުރައްވައިފިއެވެ.

އައްޑޫ ސިޓި ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި، އައްޑޫ ސިޓީ ކައުންސިލްއާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި، މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއާއި، އެމްއެންޑީއެފްގެ ބައެއް ޖޮއިންޓް ސްޓާފް އޮފިސަރުންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެ ކައުންސިލްގެ މޭޔަރ، ޢަލީ ނިޒާރުއާއި، އެ ސިޓީގެ ކައުންސިލަރުން ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ގެއްލުނު ބޯޓު ފެނިއްޖެ: އެންމެންގެ ހާލު ރަނގަޅު!

އައްޑޫ ސިޓީގައި ހޭންޑްބޯޅަ ކޯޗުންނާއި ރެފްރީން ތަމްރީންކުރަނީ

ސިފައިންގެ މަގުމަތީ ހިނގާލުން ރައީސްގެ ދެކަނބަލުން ބައްލަވާލައްވައިފި
