
ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
# މަސްތުވާތަކެތި މައްސަލަމަސްތުވާތަކެތި
ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިރޭ ބުނީ ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެގޮތުން ދެ ޕެކޭޖް ބަލާފާސްކުރުމުގެ ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން(Synthetic Cathinone) އަށް ވަނީ ފައްސި ވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ވަކި ވަކިން އަތުލައިގަތް މި ދެ ޕެކޭޖުގައި މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯގުރާމް އާއި 210 ގުރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނީ އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
ގުޅުންހުރި

72 ބިޔަރު ދަޅާއެކު ބިދޭސީއެއް ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މުލިން މީހަކު ހައްޔަރުކޮށްފި

ވޭމަންޑޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި





