logoEN
cocacola
ހައުސިންގ ކޮމެޓީއަށް އިތުރު 3 މެންބަރުން

ހައުސިންގ ކޮމެޓީއަށް އިތުރު 3 މެންބަރުން

އަލްފާ އަލީ

logo

4/1/2024, 8:07:27 AM

# ހައުސިންގ މިނިސްޓްރީ

ހައުސިންގ ކޮމެޓީގެ މެމްބަރުން ---

"ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާއި ގުޅިގެން ހުށަހާޅާ މައްސަލަތަކާއި އަދި ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް އުފެއްދި ހައުސިން ކޮމިޓީއަށް އިތުރު 3 ބޭފުޅުން އައްޔަނު ކޮށްފިއެވެ.

ގޮސިޔާ

ހައުސިންގ މިނިސްޓްރީން ބުނެފައިވަނީ، ހައުސިން ކޮމިޓީގެ ޗެއާގެ މަގާމުގައި ހުންނެވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ސިއްހީ ހާލަތު ހުރިގޮތުން ކޮމިޓީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

View post on Twitter

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ކޮމިޓީއަށް އަލަށް އައްޔަނު ކުރެވުނު 3 މެންބަރުންނާއެކު، ޖުމުލަ 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ހައުސިން ކޮމިޓީގައި ހިމެނޭ ފަރާތްތައް:1- އާމިނަތު އީނާސް – ކޮމިޓީގެ ޗެއާ ހ. ހަބަރުގެ، ކ. މާލެ2- އަބްދުލްއަޒީޒް ޔޫސުފް – ކޮމިޓީގެ ވައިސްޗެއާ މ. ދޫނިހުރާ، ކ. މާލެ3- މުހައްމަދު މައުރޫފު ޖަމީލް މ. ދޫރެސް، ކ. މާލެ4- އަހްމަދު އަލީމަނިކު ގ. ވިޔަވަތި، ކ. މާލެ5- މަރްޔަމް ފިޒާނާ ރަޝީދު މ. ޒާވަރު، ކ. މާލެ6- ފާތިމަތު ސައީދު ކުއްޅަވަގެ، ސ. ހުޅުދޫ7- އާމިނަތު ޝައީރާ ދަޑިމަގު، ވާރޭވިލާ، ޏ. ފުވައްމުލައް

ހައުސިން މިނިސްޓްރީން ބުނެފައިވަނީ ހައުސިން ކޮމިޓީގެ 7 ވަނަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާވަރަކުން، ނިންމުންތައް ހިއްސާކުރަމުންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ