logoEN
cocacola
މާސޭ ބަލިކޮށް ޕީއެސްޖީ އިން އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިފި

މާސޭ ބަލިކޮށް ޕީއެސްޖީ އިން އެއްވަނައިގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިފި

ހަސަން ޝަމްއޫން

logo

4/1/2024, 3:52:25 AM

# މާސޭ# ބޭރު ދުނިޔޭގެ ކުޅިވަރު# ޕީއެސްޖީ# ފުރާންސް ލީގު1

ގޮންކަލޯ ރާމޯސް މާސޭ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ

ފްރާންސް ލީގުގައި އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި މާސޭ އާއި ދެކޮޅަށް ކުޅުނު މެޗުގެ ބޮޑުބައިގައި އެއްކުޅުތެރިއަކު މަދުކޮށް ކުޅުނު ޕީއެސްޖީ އިން 2-0 ގެ ނަތީޖާއަކުން މޮޅުވެ، ލީގު ތާވަލްގެ ކުރީގައި 12 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ

ގޮސިޔާ

މާސޭގެ ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ޕީއެސްޖީއަށް މިމެޗުގައި މައްސަލަތަކެއް ކުރިމަތިވީ ފުރަތަަމަ ހާފުގެ 40 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް ޑިފެންޑަރު ލޫކަސް ބެރަލްޑޯ ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުތެރިއަކު މަދުކޮށެވެ. އަދި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

އެއް ކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔަ ޕީއެސްޖީ އިން ވަނީ ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ވިޓީނިއާ އެވެ. މިއީ އެޓީމުގެ އުސްމާން ޑެންބެލޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕީއެސްޖީ އިން އެޓީމުގެ ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި އެމްބާޕޭގެ ބަދަލުގައި ކުޅެންނުކުތް ޕޯޗުގަލްގެ ޒުވާން ފޯވާޑް ގޮންޒާލޯ ރާމޯސް އެވެ. މިއީ އެޓީމުގެ ސްޕެނިޝް މިޑްފީލްޑަރު މާކޯސް އަސެންސިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 27 މެޗުން ޕީއެސްޖީއަށް 62 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި މާސޭއަށް 27 މެޗުން ލިބުނު 39 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 7 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ