
ޔަހޫދީ ނަތަންޔާހޫ ހޭނައްތުވައިގެން ހާނިޔާ އޮޕަރޭޝަނެއް ކުރަނީ, ވެރިކަށް ވަގުތީ ގޮތުން ނައިބު ބޮޑުވަޒީރަށް!
# އިސްރާއިލްނަތަންޔާހޫ އާއި އޭނާގެ ނައިބު
އެއްކޮށް ހޭނައްތައިގެން ކުރަންޖެހޭ ސަޖަރީއެއް މިރޭ އިސްރާއިލުގެ ބޮޑުވަޒީރު ޔަހޫދީ ނަތަންޔާހޫ މިރޭ ކުރަން ތައްޔާރުވެފައިވާ ކަމަށް އޭނާގެ އޮފީހުން ބުނެފި އެވެ.

74 އަހަރުގެ ނަތަންޔާހޫ ހާނިއާ ޖެހިފައިވާކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު ރޫޓިން އެގްޒަމިނޭޝަނެއްގައި ކަމަށާއި މިރޭ އެސާޖަރީ ކުރާނެ ކަމަށް ވަނީ ބުނެފައި އެވެ.
ނަތަންޔާހޫ ހޭނައްތައިގެން ކުރަން ޖެހޭ މި ސާޖަރީއާއި އެކު އެގައުމުގެ ވެރިކަމާއި ވަގުތީ ގޮތުން ހަވާލުވާނީ އެގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިން އެވެ.
މިސްރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަހޫދީންގެ ވެރިޔާކަމަށްވާ ނަތަންޔާހޫގެ އޮޕަރޭޝަން ކުރިއަށް ދާނީ ގާހިރާގައި އިޒްރޭލާއި ހަމާސް އާ ދެމެދު އާ މަޝްވަރާތަކެއް ކުރިއަށްދާ ވަގުތުގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ ނަތަންޔާހޫއަށް ހާނިއާ ޖެހުނު ދެވަނަ ފަހަރެވެ. 2013 ވަނަ އަހަރުވެސް ނަތަންޔާހޫ ވަނީ ހާނިޔާއަށް ފަރުވާ ހޯދާފައި އެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުއަކީ ސީދާ ނަތަންޔާހޫ އަޑީގައި ހުރެގެން މުސްލިމުންނާއި ދެކޮަޅަށް ކުރަމުން އަންނަ ހަނގުރާމައެކެވެ.
ގުޅުންހުރި

ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގައި ޣައްޒާގެ ތިން މީހަކު ޝަހީދުވެއްޖެ

ޣައްޒާގެ ރައްޔިތުންނަށް ހަމަލާދެމުންދިޔަ ޔަހޫދީންގެ ޓޭންކަރަކަށް ހަމާސްގެ ބޮޑު ހަމަލާއެއް: ޔަހޫދީ ސިފައިންތަކަށް ބޮޑެތި އަނިޔާތަކެއް!

ޔަހޫދީން ސީރިއާގެ އަސްކަރީ އެއާބޭސްއަކަށް ބޮން އަޅައި ސުންނާފަތިކޮށްލައިފި
