
ވަޅިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލި ޝޮޕިންގ މޯލް ކައިރީގައި އިސްރާއީިލު ފުލުހުން ހަރަކާތްތެރިވަނީ
ޝޮޕިން މޯލެއްގެ ތެރޭގައި އިސްރާއީލުގެ ތިން މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އިސްރާއީލުގެ ނޭޝަނަލް އިމަރޖެންސީ މެޑިކަލް ސާވިސް އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި, ގަން ޔަވްނޭގެ ޝޮޕިން މޯލެއްގެ ތެރޭގައި ތިބި ބަޔަކަށް ވަޅިން ހަމަލާއެއް ދީފައިވާ ކަމަށާއި, ވަޅިން ހަމަލާދިން މީހާ މަރާލާފައިވާ ކަމަށެވެ.
އަދި މި ހަމަލާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި, އަނިޔާވި މީހުން އަޝްދޯދު ކައިރީގައި އޮންނަ އަސުތާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ. އަދި މި ހަމަލާގައި ޒަޚަމްވި މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިތުރު ތަފްސީލު އަންނަނީ...