logoEN
cocacola
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 422 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 422 މިލިއަން ރުފިޔާ ދޫކޮށްފި

އައިޝަތު އިފާޝާ

logo

2/12/2024, 7:40:46 AM

# މަސްވެރިކަން# މިފްކޯ# އަހުމަދު ޝިޔާމް

މިފްކޯގެ ބޯޓަކަށް މަސްކިރުމަށް މަސްވެރިޔަކު ހަރަކާތްތެރިވަނީ - ގާފު ފޮޓޯ

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެވޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ކުރީ ސަރުކާރުން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވަނީ މަސް ގަންނަ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް އަގުބޮޑުކޮށްފައެވެ. އެކަމަކު މި ސަރުކާރުން ވަނީ އެ އަދަދު 20 ރުފިޔާއަށް ކުޑަކުރަން ނިންމާފައެވެ.

މިސަރުކާރުން އެގޮތަށް ނިންމުމާއި ގުޅިގެން ވަޒީރު ޝިޔާމް ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައެވެ. އަދި މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ, މިސަރުކާރުން މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަަމަށެވެ. އަދި އެ ފައިސާއަކީ ތެލާއި ގަނޑުފެނަށް ދައްކަން ޖެހޭ އަގު ހިމަނައިގެން ދޫކޮށްފައިވާ ފައިސާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މި ސަރުކާރުން 422 މިލިޔަން ރުފިޔާ ވަނީ މަސްވެރިންނަށް ޕޭކޮށްފައި. އެއީ މަސްވެރިނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް. އަޅުގަނޑުމެން މިއަދު ގުނާއިރުގައި 270 މިލިޔަން ރުފިޔާ މިއަދާ ހިސާބަށް މަސްވެރިންނަށް ނުދެވި އޮތްކަން ފާހަގަކުރަން،" - ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ އަވަހަށް ދޫނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން ދޫނުކޮށް ހުރި ފައިސާގެ ސަބަބުން ކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހާވެސް އަވަހަކަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދޫކުރުމަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ