logoEN
cocacola
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިނގާ ގާނޫނާއި ހިލާފު ކަންކަން ހުއްޓުވުމަށް ކަސްޓަމްސްގެ ޚާއްސަ ޔުނިޓެއް!

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިނގާ ގާނޫނާއި ހިލާފު ކަންކަން ހުއްޓުވުމަށް ކަސްޓަމްސްގެ ޚާއްސަ ޔުނިޓެއް!

އަހުމަދު ޝުރާއު

logo

3/31/2024, 5:35:00 PM

# ކަސްޓަމްސް ސާވިސަސް

އަލަށް އުފައްދާ ޔުނިޓުގެ ޔުނީފޯމް

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި މަސްތުވާތަކެއްޗާއި، ޤާނޫނާ ޚިލާފަށް ހިންގާ ކަންކަން ހުއްޓުވުމަށްޓަކައި ދިވެހި ކަސްޓަމްސްއިން ޚާއްސަ ޔުނިޓެެއް އުފައްދައިފި އެވެ.

ގޮސިޔާ

ކަސްޓަމްސްއިން މިރޭ ބުނީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ތަޞައްވުރާއި އެއްގޮތަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި މަސްތުވާތަކެއްޗާއި، ޤާނޫނާ ޚިލާފަށް ހިންގާ އެހެނިހެން ކަންކަން ހުއްޓުވުމަށްޓަކައި، "މެރިޓައިމް ސަވައިލަންސް އެންޑް ބޯޑަރ ޕްރޮޓެކްޝަން ސެކްޝަން"ގެ ނަމުގައި ހާއްސަ ޔުނިޓެއް ކޮމިޝަނަރ އޮފް ކަސްޓަމްސް ޔޫސުފް މާނިއު އުފައްދަވާފައިވާ ކަމަށެވެ.

View post on Twitter

އެގޮތުން އަލަށް އުފެއްދި ޔުނިޓުގެ މައިގަނޑު މަޤްޞަދަކީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައިވާ އުޅަނދުތައް ހިމެނޭގޮތަށް، ރާއްޖޭގެ އީއީޒެޑްގެ މޮނިޓަރިންގ ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވަގުފާރިއާއި ބޯޑަރާއި ގުޅުންހުރި އެހެނިހެން ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި މި ޚާއްސަ ޔުނިޓް ހިންގާނީ ރާއްޖޭގެ ބޯޑަރުތައް ބަހަލައްޓާ އެހެނިހެން ފަރާތްތަކާއި ދިވެހި ކޯސްޓްގާޑާއި ގުޅިގެން ކަންވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައި އެވެ.

View post on Twitter

މީގެ އިތުރުން ކަސްޓަމްސްއިން ވަނީ މި ޔުނިޓުގެ އޮޕަރޭޝަންތަކަށް ހާއްސަކޮށް ހާއްސަ ލޯގޯ އަކާއި ޔުނީފޯމެއް ވެސް ފަރުމާކޮށްފަ އެވެ.

View post on Twitter

ކަސްޓަމްސްއިން ވަނީ މި އޮޕަރޭޝަންތަކަށް ބޭނުންވާ ކަނޑުގެ އުޅަނދުފަހަރާއި އާލާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަންވެސް ހާމަކޮށްފައެވެ. އަދި ޖަޕާން ސަރުކާރުން ރާއްޖޭގެ ކަސްޓަމްސްއަށް ހަދިޔާކުރި 85 ފޫޓުގެ ޕެޓްރޯލް އުޅަނދުވެސް ބޭނުންކުރާނީ މި އޮޕަރޭޝަންގައި ކަމަށާއި އެއުޅަނދު ދާދި އަވަހަށް ރާއްޖެ އަންނާނެކަން ކަސްޓަމަސްއިން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން އަންނަ މޭ މަހުގެ ނިޔަލަށް ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވާނެ ދެ ޕެޓްރޯލް ވެހިކަލްވެސް ކަސްޓަމްސްއާއި ގުޅޭނެ ކަންވެސް ވަނީ ހާމަކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ