logoEN
cocacola
ސަފާރީތަކުގައި ކަސްޓަމްސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުކޮށްފި

ސަފާރީތަކުގައި ކަސްޓަމްސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުކޮށްފި

އަހުމަދު ޝުރާއު

logo

3/30/2024, 4:17:53 PM

# ކަސްޓަމްސް ސާވިސަސް

ސަފާރީ

ސަފާރީތަކުގައި ކަސްޓަމްސްގެ ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުކޮށްފި އެވެ.

ގޮސިޔާ

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނީ ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތަކުގައި ޓްރެކިން ޑިވައިސް ހަރުކުރަން މަޖުބޫރުވާ ގޮތަށް ގަވާއިދު އިސްލާކޮށް، އެ އަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. މިދިޔަ މަހުގެ 29 ގައި ގެނައި އެ އިސްލާހަށް އަމަލު ކުރަން ފެށީ މި މަހުގެ 15 ގަ އެވެ.

ކަސްޓަމްސް އިން ބުނީ، އެ އިދާރާގެ ކޮންޓްރޯލްގެ ދަށުން އެއް ތަނުން އަނެއް ތަނަށް ގެންދާ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު އުޅަނދު މޮނިޓާކޮށް ބެލެހެއްޓުމުގެ އުސޫލެއް 2018 ވަނަ އަހަރު އެކުލަވާލައި އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.

އެ އުސޫލަށް ފުރަތަމަ އަމަލު ކުރަން ފެށި އިރު، ޓްރެކިން ޑިވައިސް ހަރުކޮށް، ކަސްޓަމްސް އިން މޮނިޓާ ކުރަމުން ގެންދަނީ ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދޭ އުޅަނދު ފަހަރުތަކާއި ކަސްޓަމްސް އިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަން ޖެހޭ ތަންތަނަށް ގެންދިއުމަށްޓަކައި އެ ތަކެތި އުފުލާ އުޅަނދުފަހަރުތައް އެކަނި ކަމަށެވެ.އަލަށް ގެނައި އިސްލާހުގެ ދަށުން އިތުރު އުޅަނދުތަކެއް ވެސް ޓްރެކިން ޑިވައިސް ހަރުކުރަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެއީ؛

  1. 1. ބަނގުރަލާއި އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީތައް
  2. 2. ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމަށް ހުއްދަ ދޭ އުޅަނދުތައް
  3. 3. ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދު ފަހަރު

މި އުސޫލާ ހިލާފުވާ ފަރާތްތަކަށް ކަސްޓަމްސް އިން ދޭ ހިދުމަތްތައް މެދުކަނޑާލައި ފިޔަވަޅު އަޅާނެ ކަމަށާއި ޑިވައިސް ހަރުކުރަން މަޖުބޫރުވާ އުޅަނދުތަކުގެ ހަރަކާތްތައް އެ އިދާރާ އިން މޮނިޓަ ކުރަމުން ގެންދާނެ ކަމަށް ވެސް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ