logoEN
cocacola
އަމިއްލައަށް ކުރެވެން ހުރިކަންކަމުގައި އެހެން މީހުންނަށް ބަރޯސާވުމަށް ރާއްޖޭގައި އޮތް އާދަކާދަ ނިމުމަކަށް ގެންނަން ޖެހޭ - ރައީސް

އަމިއްލައަށް ކުރެވެން ހުރިކަންކަމުގައި އެހެން މީހުންނަށް ބަރޯސާވުމަށް ރާއްޖޭގައި އޮތް އާދަކާދަ ނިމުމަކަށް ގެންނަން ޖެހޭ - ރައީސް

އައިޝަތު އިފާޝާ

logo

3/30/2024, 5:55:36 PM

# ރައީސުލްޖުމްހޫރިއްޔާ# ޑރ. މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

އަމިއްލައަށް ކުރެވެން ހުރިކަންކަމުގައި އެހެން މީހުންނަށް ބަރޯސާވުމަށް ރާއްޖޭގައި އޮތް އާދަކާދަ ނިމުމަކަށް ގެންނަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް ޑރ މުޢިއްޒު މިހެން ވިދާޅުވީ, ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓެެއްގެ ކެމްޕެއިނަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން އަމިއްލަވަންތަކަން ގާއިމުކުރުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތްތައްވެސް ކާމިޔާބުވަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, އޭގެ ތެރެއިން އެއް މަސައްކަތަކީ ރާއްޖޭގައި އަމިއްލަ އެއާއެމްބިއުލާންސްގެ ޚިދުމަތް ފެށުން ކަމަށެވެ.

އަމިއްލައަށް ކުރެވެން ހުރި ކަންކަން އެހެން މީހުންގެ ކިބައިން އެދިގެން, އެހެން މީހުންނަށް ބަރޯސާވުން, ރާއްޖޭގައި އެއޮތް އާދަކާދަ ނިމުމަކަށް ގެންނަންޖެހޭ. އެކަން އަޅުގަނޑުމެންނަށް ނިމުމަކަށް ގެނެވޭ ވަރުން އިހުސާސްވެގެންދާނީ, އަދި ޔަގީންވެގެންދާނީވެސް އަޅުގަނޑުމެންނަކީ ހަގީގަތުގައިވެސް މިނިވަން, މުސްތަގިއްލު ގައުމެއްކަން - ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ދިވެހިންނަށް ނުކުރެވޭ ވަރުގެ ކަންކަމުގައި ބޭރުގެ އެހެން ގައުމުތަކުގެ އެހީތެރިކަންވެސް ހޯދަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއީ ބަވަނަވެފައިވާ ދުނިޔެއެއް ކަމަށާއި, މަސައްކަތް ކުރަންޖެހޭނީ އެންމެންނާވެސް ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ކުރެވޭނެ ކަންކަމުގައި އިސްނަގަން ޖެހޭ ކަމަށާއި, އެގޮތުން ރާއްޖޭގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ބޭރުން އެތެރެކުރުމަށްޓަކާ ހޭދަކުރާ ފައިސާ ހޭދަކޮށް, އަޅުގަނޑުމެންގެ އިގްތިސާދުގައި އޮތް ހާލަތު އިތުރަށް ގޯސްވެގެންދާ ދިއުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ގައުމުގަ އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ދިވެހި ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމަށްޓަކައި, އެ އަމިއްލަވަންތަކަން ގާއިމުކުރުމަށްޓަކާ އެވަނީ މަސައްކަތް ފެށިފަ. އެ ފުޑް ސެކިއުރިޓީ އިރާދަކުރެއްވިއްޔާ މިދައުރުގައި ފުރިހަމައަށް ގާއިމުކުރާނަން - ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ