logoEN
Sto top
ފަހު 10 ގައި އިމަޖެންސީކޮށް އައިޑީކާޑު ހަދަން ޖެހޭ ހާލަތްތަކުގައި ހިދުމަތްދޭނެ - ޑީއެންއާރް

ފަހު 10 ގައި އިމަޖެންސީކޮށް އައިޑީކާޑު ހަދަން ޖެހޭ ހާލަތްތަކުގައި ހިދުމަތްދޭނެ - ޑީއެންއާރް

އަހުމަދު ޝުރާއު

logo

3/30/2024, 5:09:30 PM

# ޑީއެންއާރް

ޑީއެންއާރް

ރަމަޝާން މަހުގެ ފަހު 10 އާއި ދިމާކޮށް ސަރުކާރު ބަންދުކުރި ނަމަވެސް އިމަޖެންސީ ހާލާތްތަކުގައި އައިޑީކާޑު ހެދުމުގެ ހިދުމަތް ދޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ބުނެފި އެވެ.

Wamco

ޑީއެމްއާރްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސަރުކާރު ބަންދުވާ މުއްދަތުގައި އިމަޖެންސީކޮށް އައިޑީ ކާޑު ހަދަން ޖެހޭ ފަރާތްތަކަށް އެހިދުމަތް ދޭން ނިންމާފައިވާކަމަށާއި ހިދުމަތް ހޯއްދެވުމަށް 7280368 ގުޅުއްވުމަށެވެ.

View post on Twitter

ރަމަޝާން މަހުގެ ފަހު 10 އެއް ސަރުކާރު ބަންދު ދުވަސްތައް ގޮތުގައި ކަނޑައަޅާފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. ރައީސް މިއަދު ވިދާޅުވީ ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމުގައި ކަމަށެވެ.

ނަމަވެސް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދެވޭނެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސަވާފައި އެވެ. އަދި އެދުވަސްތަކުގައި ވަޒީފާއަށް ނުކުންނަ ސަރުކާރުގެ މުވައްޒަފުންނަށް ޚާއްސަ އެލަވެންސެއްވެސް ދޭން ސަރުކާރުން މިހާރު ވަނީ ނިންމާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside