
ރައީސްގެ ބަހުގެ ހަމަލާއެއް ސޯލިހު އަށް: ރައީސްކަން ކުރުމަކީ ދޮގުހަދަން ލިބޭ ލައިސެންސެއް ނޫން!
# ރައީސް ސޯލިހު# ރައީސް މުއިއްޒުރައީސް ސޯލިހު އާއި ރައީސް މުއިއްޒު
ރައީސުލްޖުމްހުރިއްޔާކަން ކުރެއްވުމަކީ އިތުރުފުޅު ހައްދަވަން ލިބޭ ލައިސެންސެއް ނޫންކަމަށް ބުނެ ރައީސް ޑރ މުހައްމަދު މުއިއްޒު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފި އެވެ.

ރައީސް މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާއަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު މުސްތަފާގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ނުސީދާކޮށް ރައީސް ސޯލިހަށް ނިސްބަތްކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ ކުރިމައްޗަށް ނިކުމެވަޑައިގެން ވާހަކަދައްކަވަން ޖެހޭނީ ތެދު ބަހުން ކަމަށާއި ފަސް އަހަރެއްގައި ރައީސުލްޖުމްހޫރިއްރާކަން ކުރުމުގެ ފުރުސަތު ލިބުމަކީ ހިތްޕުޅަށް އަރައިވަޑައިގަންނަވާހާ ގޮތަކަށް އިތުރުފުޅު ހެއްދެވުމުގެ ލައިސަންސެން ނޫން ކަމަށާއި އެކަމަށް އޮތް ހުއްޖަތެއް ނޫން ކަމަށެވެ.
" އެޔަށް ވުރެ އިހުލާސްތެރިވާންވާނެ. ތެދުވެރިވާންޖެހޭނެ. ރައްޔިތުންގެ ކުރިމައްޗަށް އަރާވަޑައިގެން ވާހަކަދައްކާވާއިރު ތެދު ބަހުން ވާހަކަދައްކަވަންޖެހޭނީ. އޮޅުވާލެވިދާނެ. ދޮގުހެދިދާނެ، އެކަމަކު އޮޅުވާނުލެވޭނެ ފަރާތެއްވާކަން ހަނދާން ކުރަންޖެހޭނެ" ރައީސް ވިދާޅުވިއެވެ.
އެއާއެކު، އެމަނިކުފާނު އަބަދުވެސް ވާހަކަދައްކަން ވާނީ ތެދު ބަހުން ކަމަށާއި ރައްޔިތުންނަށް ކޮންމެ ބޭފުޅަކު ވެސް އިޚުލާސްތެރިވާން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރައީސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ފްލެޓުތަކާއި ގޯތި ތަކުގެ މައްސަލާގައި ވަކި ލިސްޓެއް ހަދައިގެން ސަރުކާރުން ވަކި ބަޔަކަށް ދޭން މަސައްކަތް ކުރައްވާ ކަމަށް ބުނެ ރައީސް ސޯލިހު ދާދި ފަހުން ދެއްކެވި ވާހަކަފުޅެވެ. ރައީސް ސޯލިހް ވިދާޅުވެފައިވަނީ ސަރުކާރުން ގެންގުޅޭ ލިސްޓަށް ފްލެޓާއި ގޯތި ސަރުކާރަށް ނުބެހިގެން އުޅެނީ އިދިކޮޅުގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ކަމަށެވެ. މިކަމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ ވަކި ލިސްޓަކަށް ގޯތި ދެއްވީ ކުރީ އެވާހަކަތައް މިއަދު އެދައްކަވާ ބޭފުޅުން ކަމަށާއި އޭސީސީއިން ބަލަމުން ދަނީ އެމައްސަލަ ކަމަށެވެ. އަދި އިދިކޮޅުން ހަގީގަތްކަމަށްބުނެ ދައްކަވަމުން ގެންދަވަނީ ހުސް ބުހުތާނު ދޮގު ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުންހުރި

ރައީސްގެ ޝުކުރު ސަޢޫދީ ރަސްގެފާނަށާއި ވަލީޢަހުދަށް އަދި އެ ޤައުމުގެ ސަރުކާރަށް!

ރައީސްގެ އިލްތިމާސް: ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް، އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިޙްތިފާލަކަށް ހަދަމާ!
.jpg&w=3840&q=75)
ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސަށް, ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި
