logoEN
cocacola
ދެ ސްކޫލެއްގެ އެކްސްޓެންޝަން މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި

ދެ ސްކޫލެއްގެ އެކްސްޓެންޝަން މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

3/29/2024, 6:04:47 AM

# އެޑިއުކޭޝަން މިނިސްޓްރީ

ދެ ސްކޫލެއްގެ އެކްސްޓެންޝަން މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކުރުން

ދެ ސްކޫލެއްގެ އެކްސްޓެންޝަން މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައިވަނީ ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތާއި އޮޅުވެލިފުށީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ 2 ބުރީގެ ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތެވެ.

ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި 5 ބުރީގެ ޢިމާރާތެއް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓިކް ޓެކް އިންވެސްޓްމެންޓް އާއި އެވެ. މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދެވެ.

View post on Twitter

އެމަސައްކަތް ޓިކްޓެކް އިންވެސްޓްމެންޓާއި ޙަވާލުކުރީ 420 ދުވަސް ތެރޭގައި ނިންމާގޮތަށް، 35,999,991.2 ރުފިޔާއަށެވެ.

އޮޅުވެލިފުށީ ސްކޫލުގައި 10 ކްލާސްރޫމް ހިމެނޭ 2 ބުރީގެ ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ވީއަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ވެސް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު މުހައްމަދެވެ.

View post on Twitter

ވީއަވަރ އިންވެސްޓްމަންޓްއާއި މި މަސައްކަތް ޙަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 10.4 މިލިއަން ރުފިޔާ ހަރުދާނެ ކަމަަމަސް އެމިނިސްޓްރީއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ