logoEN
cocacola
ތިން ސްކޫލެއްގެ އެކްސްޓެންޝަން މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި

ތިން ސްކޫލެއްގެ އެކްސްޓެންޝަން މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

3/24/2024, 2:25:26 PM

# އެޑިއުކޭޝަން މިނިސްޓްރީ

ތިން ސްކޫލެއްގެ އެކްސްޓެންޝަން މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކުރުން

ރާއްޖޭގެ ތިން ސްކޫލެއްގެ އެކްސްޓެންޝަން މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި އެވެ.

ގޮސިޔާ

އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ކޮންޓްރެކްޓަރުންނާއި ހަވާލުކުރީ ކަލައިދޫ ސްކޫލުގެ 3 ކްލާސްރޫމާއި ސައިންސްލެބް އަދި ނަޑެއްލާ ސްކޫލުގެ 2 ކްލާސްރޫމް އަދި ސްޓާފްރޫމް ޢިމާރާތުގެ މަސައްކަތުގެ އިތުރުން ގއ. ނިލަންދޫ ސްކޫލުގައި 2 ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތެވެ.

އެގޮތުން ގއ. ނިލަންދޫ ސްކޫލުގައި 2 ކްލާސްރޫމް ޢިމާރާތް ކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ތިހްނާން އިންވެސްޓްމަންޓްއާއި އެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 120 ދުވަަަސްތެރޭގައި ނިންމާގޮތަށް، 1,579,607.36 ރުފިޔާއަށެވެ.

View post on Twitter

ކަލައިދޫ ސްކޫލުގެ 3 ކްލާސްރޫމާއި ސައިންސްލެބް އަދި ނަޑެއްލާ ސްކޫލުގެ 2 ކްލާސްރޫމް އަދި ސްޓާފްރޫމް ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއި އެވެ. އެކުންފުންޏާއި ލައިދޫ ސްކޫލުގެ މަޝްރޫޢަށް ހަވާލުކޮށްފައިވަނީ 4,923,318.19 ރުފިޔާއަށް، 150 ދުވަސް ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

View post on Twitter

އަދި ނަޑެއްލާ ސްކޫލުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 4,873,736.31 ރުފިޔާ އަށް، 150 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ