logoEN
WAMCO TOP 1
17 ރަށަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓް ހޯދުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

17 ރަށަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓް ހޯދުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލްފާ އަލީ

logo

3/28/2024, 11:55:00 AM

# ލެބޯޓަރީ ވަސީލަތް# ޗައިނާ - ރާއްޖެ

ލެބޯރެޓަރީ އިކުއިޕްމަންޓުތައް ހޯދުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމުގައި ސޮއިކުރަނީ ފޮޓޯ: ސިއްހީ ވުޒާރާ

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

THE TRAVELLER AD

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން މި ލެޓަރ އޮފް އެކްސްޗޭންޖުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.

މިއަދު ސޮއިކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ރާއްޖޭގެ 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބޭނެކަމަށް ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި 05 އަހަރުގެ މުއްދަތަށް ބަހާލައިގެން ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމަށްވެސް ހަމަޖެހިފައިވާކަމަށް އެވުޒާރާއިން ބުނެއެވެ.

ލެޓަރ އޮފް އެކްސްޗޭންޖުގެ ދަށުން ގެނައުމަށް ހަމަޖެހިފައިވާ ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން، ގެނައުމުން ރަށްތަކުގައި ލެބޯރެޓަރީ ހިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި އެ ސިއްހީ މަރުކަޒުތަކުގައި ދެމުން ގެންދާ ސިއްހީ ހިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC