
އާރްޑީސީގެ ހިޔާނާތުގައި މަންފާ ލިބިފައިވާކަމުގެ ތުހުމަތުގައި ފައްޔާޒް ފުލުހަށް ހާޒިރުކުރަނީ
# ފައްޔާޒް އިސްމާއިލް# އާރްޑީސީއެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
އާރްޑީސީގެ ހިޔާނާތުގައި މަންފާ ލިބިފައިވާކަމުގެ ތުހުމަތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއީލް ފުލުހަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.

ފައްޔާޟް އަށް ޗިޓް ފޮނުވާފައިވަނީ މާދަން މެންދުރުފަހު 15:00 އަށް ސަރޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ފައްޔާޟްއަށް ފޮނުވާފައިވާ ޗިޓުގައި އޭނާ ހާޒިރުކުރުވޭ މަގްސަދެއްގެ ގޮތުގައި ބުނެފައިވަނީ, ރޯޑް ޑިވެލޮޕްމަންޓް ކޯރަޕޭޝަން ލިމިޓެޑް (އާރްޑީސީ) އަށް ލިބޭ ފައިސާ އެކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް, އާރްޑީސީގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރްޑީސީއިން ކޮށްފައިވާ މުޢާމަލާތްތަކުގެ ތެރެއިން ފައްޔާޟް އިސްމާއީލަށް މާލީ މަންފާ ލިބިފައިވާ މައްސަލައިގައި ސުވާލުކުރުމަށެވެ.
މިކަމާ ގުޅިގެން ފައްޒާޟް ވިދާޅުވީ, އާރްޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށް ބުނެ ބަލަމުންގެންދާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށާއި, އޭނާއަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށެވެ.
އަދި މިކަމަކީ ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި, ސިޔާސީ ކެމްޕޭނުތައް ހިންގިމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މިސަރުކާރަށް ގޮވާލާކަމަށް ފައްޔާޟް ވިދާޅުވެފައިވެއެވެ.
އިތުރު ތަފްސީލު އަންނަނީ...
ގުޅުންހުރި

ހަންކެޑެ ހަލާލް ޓުއަރިޒަމަށް ޚާއްސަ ކުރުމަކީ އައްޑޫގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއް
.jpg&w=3840&q=75)
ފައްޔާޒުއަށް ސަރުކާރުގެ ރައްދު: ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށްގެންދަވާ!

ނަޝީދު ސޮއިކުރާ ޖަލްސާއަށް ތަނެއް ހަމަޖައްސައިނުދީފި ނަމަ ޖަލްސާ ބާއްވާނީ މުލިއާގޭ ކަންމަތީގައި - ފައްޔާޒް
