logoEN
cocacola
އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ފަލަސްޠީނުން ބަންގްލަދޭޝް ބަލިކޮށްފި

އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު ފަލަސްޠީނުން ބަންގްލަދޭޝް ބަލިކޮށްފި

ހަސަން ޝަމްއޫން

logo

3/26/2024, 3:16:01 PM

# ވޯލްޑްކަޕް ކޮލިފައިންގ އޭޝިއާ# ފަލަސްޠީން# ބަންގުލަދޭޝް # ބޭރު ދުނިޔޭގެ ކުޅިވަރު

ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ބަންގްލަދޭޝާއި ފަލަސްޠީން ވާދަކުރި މެޗު ފެށުމުގެ ކުރިން ދެޓީމުގެ ކެޕްޓަނުން ފޮޓޯއަކަށް ހުއްޓިގެން

އޭޝިއާ ސަރަޙައްދުގެ ވޯލްޑްކަޕް ކޮލިފައިންގ ދެވަ ބުރުގެ ގުރޫޕް "އައި" ގައި މިއަދު މެންދުރު ކުޅެވުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށް ފަލަސްތީނުން ގުރޫޕްގެ ދެވަނާގައި ހަމަޖެހިލައިފި އެވެ.

ގޮސިޔާ

ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގް އެރީނާގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓުކުރީ ފަލަސްޠީނުން ނެވެ. އަދި މިހާފުގައި ފަލަސްޠީނުން ވަނީ ލަނޑުޖަހާނެ ރަގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ނަމަވެސް ބަންގްލަދޭޝްގެ ފަރާތުން ވަރަށް ފިޒިކަލް ކުޅުމެއް ފެނިގެންދިޔަ މިހާފުގައި ފަލަސްޠީނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ފަލަސްޠީނުގެ ޑިފެންޑަރު އަމިޑް މަހާޖްނާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ނަމަވެސް އޭގެ ދެމިނެޓު ފަހުން ފަލަސްތީނުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މައިކަލް މައިކަލް ޓާމަނީނީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފަލަސްތީން ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ފަލަސްތީނަށް 7 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ދެވަނައިގައެވެ. އެއްވަނާގައި އޮތް އޮސްޓްރޭލިޔާ އަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު މިމެޗުން ބަލިވި ބަންގްލަދޭޝް ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ފުލުގައެވެ. އަދި މިގުރޫޕްގެ ތިންވަނައިގައި އޮތް ލެބަނަން އަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ