logoEN
cocacola
ޔުވެންޓަސް އާއި ރޯމާގެ ކުރިމަތިލުން އެއްވަރު

ޔުވެންޓަސް އާއި ރޯމާގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން

logo

5/6/2024, 6:31:28 AM

# އިޓާލިއަން ސެރިއޭ# ޔުވެންޓަސް # ބޭރު ދުނިޔޭގެ ކުޅިވަރު# ރޯމާ

ރޯމާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން

އިޓާލިއަން ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޔުވެންޓަސް އިން ރޯމާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރޯމާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިއީ ލޯނު އެއްބަސްވުމެއްގެ ދަށުން މިސީޒަނުގައި ރޯމާއާއި ގުޅުނު ފަހުން ލުކާކޫ އެޓީމަށް ކާމިޔާބުކޮށްދިން 19 ވަނަ ލަނޑެވެ.

ޔުވެންޓަސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު ބްރެމާ އެވެ. މިއީ އެޓީމުގެ އިޓަލީ ފޯވާޑް ފެޑެރިކޯ ޗިއެސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެއިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެދިޔަ ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ނަތީޖާއަށް އިތުރު ބަދަލެއްނައިސް ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 35 މެޗުން ރޯމާއަށް 60 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 35 މެޗުން ޔުވެންޓަސްއަށް 66 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ