logoEN
cocacola
ސެޓްފިކެޓްތަކުގައި މުއައްސަސާތަކުން ތައްގަނޑު ޖެހުން އެމްކިޔުއޭއިން މަނާކޮށްފި

ސެޓްފިކެޓްތަކުގައި މުއައްސަސާތަކުން ތައްގަނޑު ޖެހުން އެމްކިޔުއޭއިން މަނާކޮށްފި

އަލްފާ އަލީ

logo

3/26/2024, 11:30:00 AM

# އެމްކިއުއޭ

-

ސެޓްފިކެޓްތައް ސައްޚަކަން ކަށަވަރު ކުރުމަށްޓަކައި މުއައްސަސާތަކުން ތައްގަނޑު ޖަހާ ސޮއިކުރުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން މަނާކޮށްފިއެވެ.

ގޮސިޔާ

2016 ވަނަ އަހަރުން ފެށިގެން އެމްކިޔުއޭ އިން "ލޯކަލް ވެލިޑޭޝަން" (ރާއްޖޭގައި ހިންގާ ރާއްޖޭގެ ކޯސްތަކުގެ ސަނަދުގައި ތައްގަނޑުޖެހުން.) ހުއްޓާލުމާ ގުޅިގެން އެކިއެކި މުއައްސަސާތަކުން އަންނަނީ، ލޯކަލް ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތައް ވެލިޑޭޓްކޮށް ދަރަޖަ ކުރަމުންނެވެ.

އެގޮތުން ވަޒީފާއަށް އެދި ހުށަހަޅައި ފަރާތްތަކުން ހުށަހަޅަމުން އަންނަ ލޯކަލް ސެޓްފިކެޓް ތަކުގައި އެމްކިޔުއޭއިން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރު ކުރެވިފައި ގޮތަށް ބަޔާންކޮށް މުއައްސަސާތަކުން އަންނަނީ ތައްގަނޑުޖަހައި ސޮއިކުރަމުންނެވެ.

އެމްކިއުއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, 25 މާރިޗް 2024 އިން ފެށިގެން މުއައްސަސާތަކުން ތައްގަނޑުޖަހާ ސޮއި ކުރުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސަނަދުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުން މަތީ ތައުލީމުދޭ މަރުކަޒުން ދޫކުރަމުން އަންނަ ކޯސް ނިންމިކަމުގެ ލިޔުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ވަޒީފާއަށް އެދޭ ލިޔެކިޔުންތަކާއެކު މުއައްސަސާތަކަށް ހުށަހެޅިދާނެ ކަމަށް އެމްކިޔުއޭއިން ވަނީ ބުނެފައެވެ.

ހުށަހަޅާފައިވާ އެއްވެސް ލިޔުމަކާ ގުޅިގެން އެއްވެސް ސުވާލެއް އުފެދިއްޖެ ހާލަތެއްގައި ވަޒީފާއަށް އެދި ހުށަހެޅި އޮފީހަކުން އެމްކިޔުއޭ އަށް އެ ސަނަދާއި އެ ސަނަދާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމުން އެކަން ކަށަވަރުކޮށް އެމްކިޔުއޭ އިން އެ އޮފީހަކަށް މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް އެއިދާރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ