
ކުރީގެ ޕޮލިސް ކޮމިޝަނަރުން
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ފުލުހުންގެ ކުރީގެ ކޮމިޝަނަރުންނާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި ބައްދަލުކުރައްވައިފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ކޮމިޝަނަރުން އަދި ޑެޕިއުޓީ ކޮމިޝަނަރުންނާއި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލުވުން ބާއްވާފައިވަނީ ރޭގެ ވަގުތެއްގައި ފުލުހުންގެ އިސްކަންދަރު ކޮށީގައި އެވެ. މި ބައްދަލުވުމުގައި ފުލުހުންގެ މިހާރުގެ ކޮމިޝަނަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފުލުހުން ބުނީ މި ބައްދަލުވުމުގައި ފުލުހުންގެ ޚިދުމަތްތެރިންގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސްޓްރެޓީޖިކް ލެވެލްގައި ފަންނީ އެހީތެެރިކަން ހޯދިދާނެ ގޮތްތަކާމެދު މިނިސްޓަރު މަޝްވަރާކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ކުރީގެ ކޮމިޝަނަރުކަން އަދި ޑެޕިއުޓީ ކޮމިޝަނަރުކަން ކުރެއްވި 14 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ނިމިދިޔަ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު ހަމީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި
ގުޅުންހުރި

ކުށްކުރާ ކުޑަކުދިން ރިހިބިލިޓޭޓް ކުރުމަށް " ހޯޕް އައިލެންޑް" , 18 އަހަރު ވުމުން ސަލާމަތީ ބާރުތަކަށް ހިދުމަތް ކުރަން ޖެހޭނެ!

އޮޕަރޭޝަން ކުރަނގި މާދަމާ ފަށަނީ

މިނިސްޓަރ އިހްސާން ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި ބައްދަލުކުރައްވައިފި
