logoEN
cocacola
ދާންދޫ ދާއިރާއަށް ވާދަކުރާ ޖޭޕީ ކެންޑިޑޭޓުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓަށް!

ދާންދޫ ދާއިރާއަށް ވާދަކުރާ ޖޭޕީ ކެންޑިޑޭޓުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓަށް!

އަހުމަދު ޝުރާއު

logo

3/25/2024, 7:25:24 PM

# މަޖިލިސް24

ނިޝާމާ ފަޒީލްއާއި އެކު

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދާންދޫ ދާއިރާއަށް ޖޭޕީ ޓިކެޓުގައި ވާދަކުރާ ނިޝާމާ މުހައްމަދު ޕީއެންސީ ޓިކެޓުގައި ވާދަކުރާ މުހައްމަދު ފަޒީލްއަށް ތާއީދުކުރަން ނިންމައިފި އެވެ.

ގޮސިޔާ

މިރޭ އެކްސްގައި ނިޝާމާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންތިޚާބު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮއްވާ ދާއިރާއަށް ނުކުމެ، ކުރެވުނު މަސައްކަތުން ރައްޔިތުންގެ ލޯތްބާއި، އިޚްތިރާމާއި، އެއްބާރުލުން އަދި ތަރުޙީބު ލިބިފައިވީ ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށް އިތުރަށް ވަރަށް ބޮޑެތި މަސައްކަތްތަކަކާއި ޚަރަދުތަކެއް ކުރަންޖެހޭ ކަމަށެވެ. އަދި ވަގުތު ނެތުމާއި އަދި ފަންޑްވެސް ނެތުމާއެކު، އެދެވޭ ނަތީޖާއެއް ލިބިދާނެކަމަށް އުންމީދު ނުކުރެވޭ ކަމަށް ނިޝާމާ ބުނެފައި އެވެ.

މިއާއި އެކު އެންމެ މަސްލަހަތު ހަމަޖެހޭނެގޮތެއް ކަމަށް މިހާލަތުގައި ވިސްނެނީ މަޖިލިސް އިންތިޚާބު 2024 ދާންދޫ ދާއިރާއަށް، ނިޝާމާއަށް ތާއީދުކުރާ ފަރާތްތަކުގެ އެއްބާރުލުން ސަރުކާރު ތަމްސީލުކުރާ ޕާޓީގެ ކެންޑިޑޭޓަށް ދިނުން ކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

View post on Twitter

ނިޝާމާ ވަނީ ދާންދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރުމަށް އޭނާއަށް އިތުބާރު ކުރައްވަވައި، ޖޭޕީ ލީޑަރ ގާސިމް އިބްރާހިމް ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފައި އެވެ.

ދާންދޫ ދާއިރާއަށް ދެން ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓެކެވެ. އެމްޑީޕީގެ ފަރާތުން އެދާއިރާއަށް ވާދަކުރައްވަނީ މިހާރުވެސް އެދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވާ ޔައުގޫބް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ