logoEN
cocacola
ރޭސިން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި އުމުރުން ދުވަސްވީ މީހަކަށް އައިސީޔޫގައި ފަރުވާދެނީ

ރޭސިން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި އުމުރުން ދުވަސްވީ މީހަކަށް އައިސީޔޫގައި ފަރުވާދެނީ

އަހުމަދު ޝުރާއު

logo

3/25/2024, 4:39:46 PM

# ހުޅުމާލެ# އެކްސިޑެންޓް

ހުޅުމާލެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް ސީރިއަށް އަނިޔާތަކެއްވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ގޮސިޔާ

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ތަރާވީސް ވަގުތުގައެވެ.

އެ އެކްސިޑެންޓުގައި ރޭސް ޖަހަން އުޅުނު ސައިކަލަކުން ޖެހި އަނިޔާވެފައި ވަނީ ހުޅުމާލެ ރަޝީދު މިސްކިތުން ތަރާވިހު ނަމާދު ކޮށްގެން ފައިބައިގެން ދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އަނިޔާވިމީހާގެ އާއިލާގެ ފަރާތުން މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ މީހާގެ ބޯ 5 އިންޗިއަށް ވުރެ ވެސް ބޮޑަށް ފަޅައިގެން ގޮސްފައި ވާކަމަށާއި އަދި ސިކުނޑިއަށް ލޭ އެޅިފައި ވާއިރު ފުއްޕާމެޔަށް ވެސް ގެއްލުން ލިބިފައި ވާކަމަށެވެ. މިއާއި އެކު މިހާރު އެމީހަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގައި ކަމަށާއި ހާލު ސީރިއަސް ކަމަށް އާއިލާގެ ފަރާތުން ބުނެއެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ދީފައިވާ ކަމަށެވެ. މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ