
ގޭގޭގެ ކަރަންޓާއި، ފެން ބިލުތައް ނުދެއްކި، އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދީފި
# ކަރަންޓުގެ ޚިދުމަތްގޭގޭގެ ކަރަންޓާއި، ފެން ބިލުތައް ނުދެއްކި، އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އާއްމު ރައްޔިތުންގެ މާލީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭގޭގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މައާފު ކުރަން ނިންމައި އެކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
އޭގެ އިިތުރުން ނުދެއްކި ހުރި ފައިސާ ލުޔިގޮތަކަށް ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށްވެސް ދަންނަވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އިތުރު ތަފްސީލް އަންނަނީ…
ވޯޓް ވިއްކި ގަމާރު
ނުދައްކާ ތިބޭމީހުންނަށް ހުރިހާ މޮޅެއް....
ޙަލޫ
ބިލް ތައް ދެއްކި މީހުނަށް ގެއްލުމެއްނު ޟި ރާއްޖޭގެ ވެރިން ކޮންމެ ވޯޓަކާ ކަިރިކޮށް މި ދައްކައި ދެނީ ކޮރަޕްޝަން އަކީ ހަމަ ރަނގަޅު ކަމެއްކަން
ގުލްޒަހާރު
ދެން ގަވައިދުން ބިލް ދެއްކި މީހުންނަށް ރިފަންޑް ވެސް ދޭން ފެނޭ.
މުންޖޭ
މުންޖޭ ލިޔެބަލަ
ބާލައާދަނު
މިއިން ސްކޭމެއްގެ ވަސް ދުވާ އެބަ.






