
ޑެޕިއުޓީ މޭޔަރު ނަޜީޝް
މަޖިލިސް ކެމްޕެއިނަށް ގއ މާމެންދޫއަށް ވަޑައިގެން އުޅުއްވަނިކޮށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝްއަށް ބަޔަކު މިއަދު ދިން ހަމަލާ މާލެ ސިޓީ ކައުންސިލުން ކުށްވެރިކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު މާމެންދޫއަށް ޑެޕިއުޓީ މޭޔަރު ނަރީޝް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ނަރީޝަށް ހަމަލާދިން ބަޔަކު ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންނާއި ކަމާބެހޭ މުވައްސަސާތަކަށް އެ ކައުންސިލުން ގޮވާލައްވާފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަރީޝް އަށް ހަމަލާދީފައިވަނީ މަޖިލިސް އިންތިޚާބުގައި ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓްއަށް ތާއީދު ހޯއްދެވުމަށް މާމެންދޫއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
"ގާފު" އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, މާމެންދޫގައި މާލެ ސިޓީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އަށް ހަަމަލާ ދިން މައްސަލައެއް މިއަދު ހަވީރު 17:00 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި, މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގުޅުންހުރި

ނަރީޝްގެ ޒާޔާއަށް: ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ގޯސްހެއްދެވިނަމަ، 2 އަހަރުވީއިރު އެވާހަކަ ނުދެއްކީ ކީއްވެގެންތޯ؟

މަދިރި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން ސިޓީ ކައުންސިލުން 5،000 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފި

ފެންނަމުން މިދަނީ ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރުންގެ ޙައްގުތަކަށް މޭޔަރު އާދަމް ޢާޒިމް އަރައިގަންނަ މަންޒަރު - އަރީޝް




