
ރަޝިޔާގައި ނިރުބަވެރި ހަމަލާއެއް ދިނުން
ރަޝިޔާގެ ކޮންސަޓް މޯލަކަށް ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިހަމަލާ ކުށްވެރިކޮށް ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ވީ ލަވްރޯވްއަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ތައުޒިޔާގެ މެސެޖެއް ވަނީ ފޮނުއްވާފައި އެވެ.
އެމެސެޖުގައި މިނިސްޓަރ ޒަމީރު ވިދާޅުވީ ރަޝިޔާގެ ވެރިރަށް މޮސްކޯ ކައިރީގައި އޮންނަ ކޮންސަޓް މޯލްއަކަށް ދިން ޓެރަރިސްޓް ހަމަލާގައި ކުށެއް ނެތް އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ޒަޚަމްކޮށްލި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، މި ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ޢާއިލާތަކަށް ހަމްދަރުދީ ފޮނުއްވައި، ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް މިނިސްޓަރ ވަނީ އެދެފައި އެވެ.
" ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ރަޝިޔާގެ ސަރުކާރާއި ރައްޔިތުންނާއެކު އަޅުގަނޑުމެންގެ ހެޔޮ ދުޢާ އެބައޮތް." މިނިސްޓަރ ޒަމީރުގެ މެސެޖުގައި ވިދާޅުވިއެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކްރޮކަސް ސިޓީ ހޯލަށް ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ނަގާފައިވާއިރު, މި ހަމަލާދީފައިވަނީ އޮޓޮމެޓިކް ހަތިޔާރު ބޭނުންކޮށްގެންނެވެ. އެގޮތުން ހަނގުރާމަވެރި ހެދުމުގައި ތިބި ފަސް މީހަކު ވަނީ ރޭ އެސިޓީގެ ހުޅަނގު އަވަށުގައި ހުންނަ ކޮންސަޓް ހޯލަށް ވަދެ, އެތަނަށް އެއްވެފައި ތިބި މީހުންގެ ގަޔަށް ބަޑިޖަހަން ފަށާފައެވެ. އަދި ގޮވާތަކެތި އެހޯލްގެ ތެރެއަށް އުކާލުމަށްފަހު ވަނީ ނުކުމެފައި އެވެ. މިއާއި އެކު އެމޯލް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އަނދާހުލި ވެފައި އެވެ
މި ހަމަލާގައި 130 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފައި އެވެ.
ގުޅުންހުރި

އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 57 ވަނަ ސެޝަން ނިންމާލައިފި

ރާއްޖެއަށް ހެޔޮގޮތް އެދޭ ކޮންމެ ބަޔަކާ އެކު މަސައްކަތްކުރާނަން - ޒަމީރު

ރަސްމީ ދަތުރުފުޅެއްގައި ހާރިޖީ ވަޒީރު ހިމެނޭހެން ތިން ވަޒީރަކު ޗައިނާއަށް ވަޑައިގަންނަވަނީ
