
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ފްރާންސް ސަފީރު ކުއްލި ގޮތަކަށް އަވާހަރަވެއްޖެ
# ފޮރިން މިނިސްޓަރސަފީރު އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ
ފަރަންސޭސިވިލާތުން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން-ފްރާންސުއާ ޕެކްޓެޓް މިއަދު އަވަހާރަވެއްޖެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަފީރު ޖީން-ފްރާންސުއާ ޕެކްޓެޓް އަވަހާރަވީ ކުއްލި ގޮތަކަށް މިއަދު އެމަނިކުފާނު ލަންކާގައި ހުންނަވާ ރާޖަގިރިޔާގައި ހުންނަ ރަސްމީ ގެކޮޅުގައި އެވެ.
އަވަހާރަވިއިރު ސަފީރުގެ އުމުރުފުޅަކީ 53 އަހަރެވެ.
ސަފިރު ޖީން-ފްރާންސުއާ ޕެކްޓެޓް ލަންކާއަށާއި ރާއްޖެއަށް ސަފީރެއްގެ ގޮތުގައި އައްޔަނުކުރެއްވީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ކެރިއާ ޑިޕްލޮމެޓެއްގެ ގޮތުގައި ހުންނެވި ޖީން-ފްރާންސުއާ ޕެކްޓެޓް ވަނީ މީގެ ކުރިން ފްރާންސްގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ކަލްޗާ އެންޑް އެޑިއުކޭޝަންގެ މަގާމު ވެސް ފުރުއްވާފަ އެވެ.
މީގެ ކުރިން ޖީން-ފްރާންސުއާ ޕެކްޓެޓް ހުންނެވީ ވޮޝިންޓަންގައި ހުންނަ ފްރާންސް އެމްބަސީގައި (2012-2016) އަދި ބްރަސަލްސްގައި ހުންނަ ފްރާންސް ޕާމަނަންޓް ރެޕްރެޒެންޓޭޝަން ޓު ނޭޓޯގަ އެވެ. އަދި ފްރާންސްގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ސްޕޯކްސްޕާސަންކަން ވެސް ކުރެއްވި އެވެ.
ސަފީރު ޖީން-ފްރާންސުއާ ޕެކްޓެޓް އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ތައުޒިޔާ ފޮނުއްވާފައި އެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މިއަހަރުގެ ކުރީކޮޅު ސަފީރު ޕެކްޓެޓާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ މަތިން ހަދުމަފުޅުކުރެވޭ ކަމަށާއި ފަރަންސޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ މަތިން އަބަދުވެސް ހަނދުމަފުޅު ހުންނަވާ ކަމަށެވެ.
" މި ހިތާމައާއި ހިތާމައިގެ މި ދަނޑިވަޅުގައި، ސަފީރުގެ ޢާއިލާއަށާއި، ފަރަންސޭސި އެމްބަސީގެ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން " ޒަމީރުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މިނިސްޓަރ ޒަމީރު އާއި ސަފީރު ޖީން-ފްރާންސުއާ ޕެކްޓެޓް އެންމެ ފަހުން ބައްދަލުފުޅު ކުރެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.
ގުޅުންހުރި
-1752086648962.webp&w=3840&q=75)
ރާއްޖެއާއި ޑޮމިނިކާއާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުމެއް!

މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

ޚާރިޖީ ވަޒީރު ޚަލީލް، ކުވޭތުގެ ވަގުތީ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
.webp&w=3840&q=75)