
--
ރާއްޖެއަށް ހެޔޮގޮތް އެދޭ ކޮންމެ ބަޔަކާ އެކު މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޕީ. އެސް. އެމް. 'ރާއްޖެ މިއަދުގެ' ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ބައްޓަންކުރައްވާފައިވަނީ 'ޕްރޯ މޯލްޑިވްސް' ގެ ސިޔާސަތެއްގެ ގޮތުގައި ކަމަށެވެ.
އަދި ރާއްޖެއަށް ހެޔޮގޮތް އެދޭ ކޮންމެ ޤައުމަކާ އެކުވެސް ރާއްޖޭން ގުޅުން ބަދަހިކޮށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން، ޚާރިޖީ ސިޔާސަތުގައި ލިބިފައިވާ ކުރިއެރުންތަކަށް އަލި އަޅުވާލައްވަމުން ދިވެހިރާއްޖޭން ހުރިހާ ޤައުމަކާ އެކުވެސް ގުޅުން ބަދަހިވެފައި އޮތުމުގެ ނަތީޖާއެއް ކަމަށް ވިދާޅުވީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ބޮޑެތި ގައުމުތަކުން އެހީތެރިވެދެއްވާތީއެވެ.
އަދި މީގެ އިތުރުން، ދިވެހިރާއްޖޭން މަލްޓިލެޓެރަލް ޕްލެޓްފޯމްތަކުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާކަމާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތަށް އދ. ގެ ސެކްރެޓަރީ ޖެނެރަލްވެސް ފާހަގަކުރައްވާ ކުދި ޤައުމުތަކަށް އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖޭން އިސްނަގައިގެން އަދާ ކުރާ ދައުރު މިނިސްޓަރ ފާހަގަކުރައްވިއެވެ.
ގުޅުންހުރި

މުސްލިމް އުންމަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

ޚާރިޖީ ވަޒީރު ޚަލީލް، ކުވޭތުގެ ވަގުތީ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
.webp&w=3840&q=75)
މިނިސްޓަރު ހަލީލް ރަސްމީ ދަތުރުފުޅެއްގައި ކުވޭތަށް!
