logoEN
Sto top
ރަޝިޔާގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 133 އަށް, ހަމަލާދިން އެންމެން ހައްޔަރުކޮށްފި

ރަޝިޔާގައި ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 133 އަށް, ހަމަލާދިން އެންމެން ހައްޔަރުކޮށްފި

އައިޝަތު އިފާޝާ

logo

3/23/2024, 3:33:03 PM

# ރަޝިޔާ

ހަތިޔާރު އެޅި ބަޔަކު ހަމަލާދިން އިމާރާތް އަނދައި ހުލިވެފައި

ރަޝިޔާގެ ކޮންސަޓް މޯލަކަށް ދިން ހަމަލާގައި މިހާތަނަށް 133 މީހުން މަރުވެފައިވާ ކަމަށާއި, ހަމަލާދިނުމުގައި ބައިވެރިވި އެންމެން ހައްޔަރުކޮށްފައިވާ ކަމަށް ރަޝިޔާގެ ރައީސް ވޮލޮޑޮމީރް ޕުޓިން ވިދާޅުވެއްޖެއެވެ.

Wamco

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކްރޮކަސް ސިޓީ ހޯލަށް ހަމަލާދީފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ނަގާފައިވާއިރު, މި ހަމަލާދީފައިވަނީ އޮޓޮމެޓިކް ހަތިޔާރު ބޭނުންކޮށްގެންނެވެ. އެގޮތުން ކެމޮފްލާޖް ހެދުމުގައި ތިބި ފަސް މީހަކު ވަނީ ހުކުރު ދުވަހުގެ ރޭ އެސިޓީގެ ހުޅަނގު އަވަށުގައި ހުންނަ ކޮންސަޓް ހޯލަށް ވަދެ, އެތަނަށް އެއްވެފައި ތިބި މީހުންގެ ގަޔަށް ބަޑިޖަހަން ފަށާފައެވެ.

އަދި ގޮވާތަކެތިވެސް އެތަނުގައި ތިބި މީހުންނަށް އަމާޒުކޮށް އެމީހުން އުކާލާފާއިވާއިރު, އޭގެ ސަބަބުން އެ ހޯލުގައި ވަނީ އަލިފާން ރޯވެ އަނދާފައެވެ. ރިޕޯތުތައް ބުނާ ގޮތުގައި އިމާރާތުގެ ދަށުގައި އިތުރު ބަޔަކު ތިބެދާނެ ކަމަށާއި, މީހުން ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދާ ކަމަށެވެ.

މި ހަމަލާގައި 140 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާއަކީ ޔޫކްރެއިން އިން ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ރަޝިޔާގެ ރައީސް ވަނީ ސިފަކޮށްފައެވެ. އަދި ހަމަލާދިނުމަށްފަހު އެ މީހުން ފިލައިގެން ޔޫކްރެއިންއަށް ދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

އަދި މި ހާދިސާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެފައިވާތީ އެގައުމުގައި މާދަމާއަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ޕުޓިން ވަނީ ކަނޑައަޅުއްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside