
-
ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރ ހަލާކުވެ އެ ރަށުގެ ކަރަންޓްގެހިދުމަތް ދިނުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
އެރަށަށް މިހާރު ކަރަންޓް ދެމުން އަންނަ ޖަނަރޭޓަރުން މުޅިރަށަށް ބޭނުންވާވަރަށް ކަރަންޓް އުފައްދައިނުދޭތީ ޚިދުމަތް ދެމުން ގެންދަނީ ރަށް ހަބަޔަކަށް ބަހާލައިގެން ކޮންމެ ބަޔަކަށް ގަޑިއިރަކަށެވެ.
ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށަށް 250 ކިލޯވަޓްގެ އައު ޖަނަރޭޓަރެއް ފޮނުވައި ކުރިޔަށްއޮތް ދެތިން ދުވަހުގެ ތެރޭގައި އައުޖެނަރޭޓަރ އިންސްޓޯލްކޮށް ހިދުމަތް ދެވޭނެ ކަމަށެވެ.







