logoEN
cocacola
ހުޅުމާލޭގައި ހިނގި  އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެ ފަރުވާދެނީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެ ފަރުވާދެނީ

އައިޝަތު އިފާޝާ

logo

3/23/2024, 5:15:00 AM

# އެކްސިޑެންޓް

ހުޅުމާލޭގެ މަގެއް - ފޮޓޯ: ވަން އޮންލައިން

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.

ގޮސިޔާ

ފުލުހުން ވިދާޅުވީ, ހުޅުމާލޭ ފޭސް އެކެއްގެ ގާޒީ ސްކޫލް ކައިރިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ވެފައިވާ މައްސަލައެއް ރޭ 21:15 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ރޭ ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 74 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އެމީހާގެ ބޮލުގެ ނާށިގަނޑަށް ވަނީ ގެއްލުންވެފައެވެ. ނަމަވެސް ލިބިފައިވަނީ ކިހާ ވަރެއްގެ ގެއްލުމެއް ކަމެއް އެނގިފައިނުވެއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ