logoEN
cocacola
ކީރިތި ޤުރުއާނުގެ ސަފުޙާތަކެއް އަންދާލި އަންހެނަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

ކީރިތި ޤުރުއާނުގެ ސަފުޙާތަކެއް އަންދާލި އަންހެނަކު އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

އައިޝަތު އިފާޝާ

logo

3/23/2024, 5:30:00 AM

# ޕާކިސްތާން

.

ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ކޯޓަކުން ކީރިތި ޤުރުއާނު ސަފުހާތައް އަންދާލި ކަމުގެ ކުށް ސާބިތުވެ އުމުރުން 40 އަހަރުގެ އަންހެނަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ގޮސިޔާ

ލާހޯރުގެ އާބާދީ ބޮޑު ބެޑިއަން ރޯޑް ސަރަހައްދުގައި ދިރިއުޅޭ މުސްލިމް ރައްޔިތެއް ކަމަށްވާ އާޝިއާ ބީބީ 2021 ވަނަ އަހަރު ފުލުހުން ހައްޔަރުކުރީ އޭނާގެ ގޭގެ ބޭރުގައި ގުރުއާނުގެ ކޮޕީއެއް އަންދާލި ކަމަށް ބުނެ އެ އަވަށުގެ މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ލާހޯރު ސެޝަންސް ކޯޓުން ކޯޓުގެ އޮފިޝަލަކާ ހަވާލާދީ ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކީރިތި ޤުރުއާނުގެ ހުރުމަތް ކަނޑާލައި ސަފުހާތަކުގައި ރޯކޮށްލި މައްސަލައާ ގުޅިގެން އާޝިއާ ބީބީގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އާޝިއާ ބީބީގެ ވަކީލް ސަރުމާއު އަލީ ވަނީ, އާޝިއާ އާ ދެކޮޅަށް އޭނާގެ އަވަށްޓެރިޔާ ހުށަހަޅާފައިވާ މައްސަލައަކީ ޒާތީ ހަސަދައެއް އޮވެގެން ކުރި ކަމެއް ކަމަށާއި, އާޝިއާ އަކީ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހެއް ނޫން ކަމަށް ބުނެފައެވެ.

ސަރްމާދު އަލީ ބުނީ, އާޝިއާ ބީބީއިން ލާހޯރު ހައި ކޯޓުގައި އެ ހުކުމަށް ޗެލެންޖް ކުރާނެ ކަމަށާއި މަތީ ޝަރުއީ ކޯޓަކުން އާޝިއާ ބީބީއަށް ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ