logoEN
Sto top
ރަޝިޔާގެ ކޮންސެޓް ހޯލަކަށް ދިން ހަމަލާގައި 60 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި

ރަޝިޔާގެ ކޮންސެޓް ހޯލަކަށް ދިން ހަމަލާގައި 60 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފި

އައިޝަތު އިފާޝާ

logo

3/23/2024, 7:00:00 AM

# ރަޝިޔާ

ހަމަލާދިން ހޯލުގައި އަލިފާން ރޯވެފައި

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކްރޮކަސް ސިޓީ ހޯލަށް ދިން ހަމަލާގައި 60 އަށްވިރެ ގިނަ މީހުން މަރުވެ 145 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Wamco

މި ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ނަގާފައިވާއިރު, މި ހަމަލާދީފައިވަނީ އޮޓޮމެޓިކް ހަތިޔާރު ބޭނުންކޮށްގެންނެވެ. އެގޮތުން ކެމޮފްލާޖް ހެދުމުގައި ތިބި ފަސް މީހަކު ވަނީ ހުކުރު ދުވަހުގެ ރޭ އެސިޓީގެ ހުޅަނގު އަވަށުގައި ހުންނަ ކޮންސަޓް ހޯލަށް ވަދެ, އެތަނަށް އެއްވެފައި ތިބި މީހުންގެ ގަޔަށް ބަޑިޖަހަން ފަށާފައެވެ.

އަދި ގޮވާތަކެތިވެސް އެތަނުގައި ތިބި މީހުންނަށް އަމާޒުކޮށް އެމީހުން އުކާލާފާއިވާއިރު, އޭގެ ސަބަބުން އެ ހޯލުގައި އަލިފާނުގެ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.

ރަޝިއާގެ އިންވެސްޓިގޭޓަރުން ބުނެފައި ވަނީ 60 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. މި ހާދިސާގައި 145 ވަރަކަށް މީހުން ޒަހަމްވެފައިވާ އިރު އޭގެ ތެރެއިން ގާތްގަނޑަކަށް 60 މީހުންގެ ހާލު ސީރިއަސް ކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.

ރިޕޯޓުުތައް ބުނާ ގޮތުގައި މި ހަމަލާދިނުމުގައި ބައިވެރިވި އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside