logoEN
cocacola
މެލޭޝިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށަނީ!

މެލޭޝިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށަނީ!

އަހުމަދު ޝުރާއު

logo

3/22/2024, 5:25:07 PM

# ރާއްޖެ - މެލޭޝިއާ

މެލޭޝިއަން އެއާލައިންސް

މެލޭޝިޔާގެ ގައުމީ އެއާލައިން މެލޭޝިއަން އެއާލައިންސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

ގޮސިޔާ

މިކަން ހާމަކޮށް މެލޭޝިއަން އެއާލައިންސްއިން ބުނީ ރާއްޖެއަށް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ އެއް ވަނަ ދުވަހު އެވެ. ދަތުރުތައް ފެށުމާއި އެކު ކޮންމެ ދުވަހަކުވެސް އެއާލައިނުން ރާއްޖެއިން މެލޭޝިއާއަށް އަދި މެލޭޝިއާއިން ރާއްޖެއަށް އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

އެގޮތުން މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގެ ކުއަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު އެވެ.

ރާއްޖެއަށް ދަތުރުފަށާނެ ކަން އެއާލައިނުން ހާމަކުރި އިރު މިހާރު ވަނީ އެ އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލާފައިއެވެ.

ރާއްޖޭގެ އިތުރުން އެއާލައިނުން ވިއެޓްނާމްގެ ދަ ނަންގް އާއި ތައިލެންޑުގެ ޗިއަންގް މައި އާއި ދެމެދުވެސް ދަތުރުތައް ފަށާނެކަން މިއަދު އެއާލައިނުން ވަނީ ހާމަކޮށްފައި އެވެ.

ރާއްޖެއާއި މެލޭޝިއާ އާއި ދެމެދު މިހާރު ދަތުރުތައް ކުރަމުން އަންނަނީ އެއާއޭޝިއާއި ބަޓިކް އެއާއިންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ