logoEN
WAMCO TOP 1
ކައުންސިލް އިދާރާތައް އަޅާ ރަށްތައް ކަނޑައަޅާނެ މިންގަނޑު އާންމުކޮށްފި

ކައުންސިލް އިދާރާތައް އަޅާ ރަށްތައް ކަނޑައަޅާނެ މިންގަނޑު އާންމުކޮށްފި

އަލްފާ އަލީ

logo

3/21/2024, 9:00:00 AM

# ކައުންސިލް އިދާރާ# ރައީސް މުއިއްޒު

-

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވިގޮތަށް 50 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ރަށްތައް ކަނޑައަޅާނެ ގޮތުގެ މިންގަނޑު ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފި އެވެ.

THE TRAVELLER AD

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ 50 ރަށެެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ކަނޑައަޅާ ރަށްތަކަށް މާކްސް ދޭނެ އުސޫލު އާއްމުކޮށްފައެވެ.

އެގޮތުން ރަށުގެ އާބާދީ، ކައުންސިލުގެ ވަސީލަތް އަދި މިހާރު އިމާރާތް ހުރި ހާލަތަށް ބަލައި ކޮންމެ ބަޔަކަށް ގިނަވެގެން 20 މާކްސް ވަނީ ކަނޑައަޅާފައެވެ. ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުންގެ ކޮމިޓީ މަސައްކަތް ކުރާނެ ޖާގައަށް ކޮންމެ ބަޔަކަށް ގިނަވަގެން 10 މާކްސް ވަނީ ހިމަނާފައެވެ.

އޭގެ އިތުރުން ކޮންމެ އަހަރެއްގައި އެންމެ ރަނގަޅަށް މަސައްކަތްކުރާ ކައުންސިލަކަށް އެލްޖީއޭއިން ދެމުން އަންނަ ކަންގަތި އެވޯޑު ލިބިފައިވާ ކައުންސިލުތަކަށް އިތުރު 10 މާކްސް ދޭންވެސް ވަނީ ނިންމާފައެވެ.

މިއަހަރު 50 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC