ޕޯޗުގަލް ރޮނާލްޑޯއަށް ބަރޯސާވީ ދުވަސްތައް މާޒީވެއްޖެ: ކަންސެލޯ
ހަސަން ޝަމްއޫން
3/21/2024, 12:03:17 AM
ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޖޮއާއު ކަންސެލޯ
ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެގައުމުން ބަރޯސާވީ ދުވަސްތައް މާޒީވެއްޖެ ކަމަށާއި މިހާރު އެޓީމުގައި ރޮނާލްޑޯ އަކީ އެންމެ މޮޅު ކުޅުންތެރިއާ ނޫންކަމަށް ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޑިފެންޑަރު ޖޮއާއު ކަންސެލޯ ބުނެފިއެވެ.
އުމުރުން 29 އަހަރުގެ ޑިފެންޑަރު ބުނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ އެންމެ މޮޅު ކުޅުން ފެނިގެދާނެ އުމުރަކީ 25 އަހަރުން ފެށިގެން 32 އަހަރާއި ދެމެދުގައި ކަމަށާއި ރޮނާލްޑޯގެ މިހާރުގެ ކުޅުމަށް ބަލާއިރު، ޕޯޗުގަލް ޓީމުގައި ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެބަތިބިކަމަށެވެ.
ނުސީދަކޮށް ކަންސެލޯގެ ބަހުގެ ހަމަލާތަކެއް ރޮނާލްޑޯއަށް އަމާޒުކޮށްފައިވާއިރު، އުމުރުން 39 އަހަރުގެ ރޮނާލްޑޯ އަކީ މިދިޔައަހަރުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާގެ އިތުރުން ޕޯޗުގަލްގެ ތާރީޚުގައި ވެސް އެގައުމު ދުށް އެންމެ މޮޅު ކުޅުންތެރިއާއެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ގައުމީ ޓީމަށް 205 މެޗު ކުޅެ 128 ލަނޑު ޖާމިޔާބުކޮށްދިފައެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި މާދަމާ ރޭ ސްވިޑަން އާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗަށް ރޮނާލްޑޯ އަދި ޖޮއާއު ކަންސެލޯ އަށް ކޯޗު ރޮބާޓޯ މާޓިނޭޒް ރެސްޓުދީފައިވާ އިރު، މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ސްލޮވީނިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅޭ މެޗަށް މިދެކުޅުންތެރިން ވެސް ޓީމާއި ގުޅޭނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެެވެ.