މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އެތެރެކުރާކަން ފާހަގަކުރެވޭ - މިނިސްޓަރ
# އަލީ އިހުސާން# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު# ރައްޔިތުންގެ މަޖިލިސްދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން --
މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ޤަވައިދާ ޚިލާފަށް ބިދޭސީން އެތެރެކޮށް އެމީހުން މަގުމައްޗަށް ދޫކޮށްލާކަން ފާހަގަކުރެވޭ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރު އިމްތިޔާޒް ފަހުމީ ވަނީ ބިދޭސީން ރާއްޖެއަށް އެތެރެވަނީ ދައުލަތުގެ މުވައްސަސާތަކުގެ ބައިވެރިވުމާއެކުކަމަށް ތުހުމަތުކޮށް ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ ޤަވައިދާ ޚިލާފަށް ބިދޭސީން އެތެރެކުރުމުގައި މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތަކުގެ އިހުމާލު ވަރަށް ބޮޑު ކަމަށާއި ބައެއް މުވައްސަސާތަކުގައި ލިބިފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށް ރާއްޖެއަށް ބިދޭސީން އެތެރެކޮށް މަގުމައްޗަށް ދޫކުރާ މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ އެފަދަ މައްސަލަތައް މިހާރު ތަހުގީގުކުރެވެމުން އަންނަ ކަމަށާއި، އެފަދަ ފަރާތްތަތަކާމެދު ގާނޫނީ ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ. އަދި ބިދޭސީން އެތެރެކުރުމަށްފަހު ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކާމެދުވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް ޓާސްކްފޯސްއެއް އެކުލަވާލެވި މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ.
ގުޅުންހުރި
އައްސޭރި ޖަލުގައި ގައިދީންނަށް ރޯދަ ވިއްލުމެއް ބާއްވައިފި

ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމުން ފައިދާ ބޮޑުވާނީ ރައްޔިތުންނަށް- ޤާސިމް

ރާއްޖޭގައި އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލެއް އަލަށް ތައާރަފުކޮށްފި

.gif&w=3840&q=75)



