ފިޔަވަޅުތައް އަޅަން ފަށާނީ ޕާކިންގ ޖާގަދެއްކުމަށް ފަހު - މިނިސްޓަރ
# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު# ރައްޔިތުންގެ މަޖިލިސް# އަލީ އިހުސާންދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން --
ޤަވާޢިދާ ޚިލާފަށް ޕާކުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނީ ޕާކު ކުރާނެ ތަންތަން ގާއިމްކުރުމަށްފަހުގައި ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުން މަޑުޖައްސާލާފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް އުދަނގޫވާގޮތަށް ގަވާއިދާހިލާފަށް ޕާކުކޮށްފައި ހުރި ހަތަރުފުރޮޅުލީ އުޅަނދުތައް ޓޯވް ކުރަމުން އަންނަތާ ހަފްތާއެއްހާ ދުވަސްވެފައިވާކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، އެ އުޅަނދުތައް ނެގުމުން އެ މަގުތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ ޕާކިންގ ސްޓްރަކްޗަރތައް އަޅައިނިމި ޕާކިންގ ޒޯންތައް ދެއްކޭ ހިސާބުން ކުރީގައިވެސް އެންފޯސްމަންޓުން ބޭނުންކުރަމުން އައި ހުރިހާ ވަސީލަތްތަކެއްވެސް ބޭނުންކޮށް މިކަންކަން ހައްލުކުރުން" - ވަޒީރު ވިދާޅުވި އެވެ.
އާއްމުންނަށް އުދަނގޫވާގޮތަށް ގަވާއިދާ ހިލާފަށް މާލޭ މަގުމަތީގައި ޕާކުކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދުތައް ފުލުހުން ގެންދަނީ ޓޯވްކުރަމުންނެވެ. މި މަސައްކަތުގެ ދަށުން 150އަށް ވުރެ ގިނަ އުޅަނދުތައް މިހާރުވަނީ ޓޯވްކުރެވިފައެވެ.
ގުޅުންހުރި

ބައޯމެޓްރިކްސް އަދާހަމަނުކުރާ ފަރާތްތައް އާދިއްތަ ދުވަހުން ފެށިގެން ސިސްޓަމުން ބްލޮކްކުރާނެ!

އިތުރު 4 ރަށެއްގައި އައިޑީކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިމަހު ފަށަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި
