
މިނިސްޓަރ ސައީދު އެމެރިކާ ސަފީރާއި ބައްދަލުކުރެއްވުން
މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޫ-ހޯ ޔޮން އާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން އޮތީ މިއަދުގެ ވަގުތެއްގައި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ގައި އެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ސައީދުގެ އަރިހުގައި އެމިނިސްޓްރީގެ އެެހެނިހެން ބައެއް އިސްވެރިންެވެސް ބައިވެރިވަޑައިގެންނެވި އެވެ.
އެމިނިސްޓްރީއިން ބުނީ މި ބައްދަލުވުމުގައި ޓެކްނޮލޮޖީއާއި، ޓްރޭޑް ފެސިލިޓޭޝަން އަދި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ރާއްޖޭގެ ޓްރޭޑް ވަފުދު އެމެރިކާއަށް ދިޔުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައި އެވެ.
ރާއްޖޭގެ ޓްރޭޑް ޑެލިގޭޝަނެއް ފުރަތަަމަ ފަހަރަށް އެމެރިކާއަށް ދިޔުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ ޖުލައި މަހަށެވެ. މިކަން މިނިސްޓަރ ސައީދު ވަނީ ދާދި ފަހުން އިއުލާނުކުރައްވާފައި އެވެ. ސައީދު ވިދާޅުވި ގޮތުގައި، މި ދަތުރުގައި ރާއްޖެއިން މާލީ ކަންކަމުގައި ދެން މިސްރާބު ބައްޓަންކުރާނެ ޒަމާނީ ހައްލު ހޯދުމަށް މާލީ ކަންކަމުގައި އެންމެ ކުރިއަރާފައިވާ މާލީ ނިޒާމްތަކާ މަޝްވަރާކުރާނެ އެވެ.
އަދި މީގެ އިތުރުން އެމެރިކާ ކުންފުނިތަކުން ރާއްޖެއަށް އިންވެސްޓުކުރުމުގެ ފުރުސަތުތައްވެސް އެދަތުރުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ގުޅުންހުރި
ރާއްޖޭގައި އިންވެސްޓްކުރުމަށް އަލަށް އެކުލަވާލި އުސޫލުން ދިވެހީންނަށް ފަހި އިޤްތިޞާދީ ފުރުޞަތުތަކެއް!

ކުޅުދުއްފުށީގައި ފަންނުވެރި އެކިމަސައްކަތްކުރާ ބައެއް ފަރާތްތަކާއި ވިޔަފާރިވެރިންނާއި މިނިސްޓަރު ސައީދު ބައްދަލުކުރައްވައިފި

މިނިސްޓަރ ސަޢީދު ކުޅުދުއްފުއްޓަށް!
