logoEN
cocacola
ކުރީ ސަރުކާރުން ފެނަކަ އޮތީ ބަނގުރޫޓުވާ ލެވެލްއަށް ގެންގޮސްފައި - މުއާޒް

ކުރީ ސަރުކާރުން ފެނަކަ އޮތީ ބަނގުރޫޓުވާ ލެވެލްއަށް ގެންގޮސްފައި - މުއާޒް

އައިޝަތު އިފާޝާ

logo

3/19/2024, 6:00:50 PM

# މުއާޒް މުޙައްމަރު ރަޝީދު# ފެނަކަ ކޯޕަރޭޝަން

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު - ފޮޓޯ: ރައީސް އޮފީސް

ކުރީ ސަރުކާރުން ފެނަކަ އޮތީ ބަނގޫރުޓުވާ ލެވަލްއަށް ގެންގޮސްފައިކަމަށާއި، މިހާލަތުން އަރައިގަނެ ހައްލުތައް ހޯދަމުންދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މުއާޒް މިހެން ވިދާޅުވީ, ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ. މުއާޒް ވިދާޅުވީ, ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލާ ހުރުމުގެ ސަބަބުން, ކުންފުނީގެ މެޝިނަރީޒްތައް ހުރީ ހަލާކުވެފައި ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ފެނަކަ އޮތް އިރު, ރަށްރަށަށް ކަރަންޓުގެ ޚިދުމަތް އެންމެ އެކަށޭނެ ގޮތަކަށް ފޯރުކޮށްދިނުމުގައި ދަތިތައް ހުރި ކަމަށެވެ.

މުއާޒު ވިދާޅުވީ ވަރަށް ކްރިޓިކަލް 17 ރަށެއް ފާހަގަކުރެވިފައިވާ ކަމަށާއި ސަރުކާރުގެ އެހީގައި އެ ރަށްރަށަށް ބޭނުންވާ ޖެންސެޓުތައް ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ.

"ވަރަށް ކްރިޓިކަލް 17 ރަށެއް އައިޑެންޓިފައި ކުރެވިފައިވަނީ، އެރަށްރަށަށް ބޭނުންވާ ޖެންސެޓުތައް ހޯދުމަށް ޓެންޑަރިންގ މަރުހަލާގައި މިހާރު އޮތީ، މީގެއިތުރުންވެސް 40ހަކަށް ރަށަށް ބޭނުންވާ ޖެންސެޓު ހޯދުމުގެ މަސައްކަތް އެބަކުރަން" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ 40ވަރަކަށް ޖެންސެޓު މިރޯދަމަހުގެތެރޭ ހޯދާ ކްރިޓިކަލް ރަށްރަށަށް އެޖެންސެޓުތައް ފޯރުކޮށްދޭނެ ކަމަށެވެ.

ކުރީ ސަރުކާރުން އޮތީ ފެނަކަ އާއި މެދު ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށާއި، މިއީ ރައްޔިތުންނަށް އެންގެން ޖެހޭ ކަމެއް ކަމަށް މުއާޒު ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުން ފެނަކައަށް ވަރަށް ބޮޑަށް އިހުމާލުވެފައި އޮތީ، ފެނަކައިގެ ހުރިހާ ކަމެއް ނާޖާއިޒްކޮށް ހިނގާ، ޕްރޮޖެކްޓުތަކުން ނާޖާއިޒު ފައިދާ ނަގާ، ދިވެހި އެތައް ސަޕްލަޔަރުންނަކާއި، ބޭރުގެ އެތައް ސަޕްލަޔަރުންނަކަށް ކުންފުނި ދަރުވާލާ، މިހާލަތަށް ވެއްޓިފައި އޮތުމުން، ކުންފުންޏަށް މަޑުޖެހުމެއް އަންނަނީ،" މުއާޒު ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ގޮންޖެހުންތައް ހުރި ނަަމަވެސް ސަރުކާރާއި ގުޅިގެން ހައްލުތައް ހޯދަމުންދާ ކަމަށެވެ.

ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާކަމަށް މީގެ ކުރިން މުއާޒް ވިދާޅުވެފައިވެއެވެ. އަދި އެ ކުންފުންޏަށް 120 މިލިޔަން ރުފިޔާގެ ޢާމްދަނީއެއް ލިބުނުނަމަވެސް 8000 މުވައްޒަފުންނަށް ކޮންމެ މަހަކު 86 މިލިއަން ރުފިޔާ މުސާރައަށް ހޭދަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކައިން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މުއާޒް ވިދާޅުވީ ފެނަކައިގެ އޮފީސް އެޅުމަށް ކުރިއަށް ގެންދިޔަ 60 މަޝްރޫޢަކަށް އެއް ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވީ ނަމަވެސް އެމަޝްރޫޢުތައް އޮތީ ހުއްޓިފައިކަމަށެވެ. އަދި މަޝްރޫއުތަކުގެ 45 އިންސައްތަވަރު ނިމިފައި ހުއްޓަސް، މަޝްރޫއުތައް އަލުން ކުރިއަށް ގެންދިއުމަށް ބިލިއަނެއްހާ ރުފިޔާ އިތުރަށް ބޭނުންވާ ކަމަށްވެސް މުއާޒް ފާހަގަކޮށްފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
ހުސެން

މިސަރުކާރު ވެރިކަމައްއައީ ވެސް ތިވާހަކަތައް މިގޮތައް ދައްކަމުން ފެނަކަ އޮތީ ބަނގޫރުޓުވާ ވެފައިކަމާއި މިހާލަތުން އަރައިގަތުމައް ވެރިކަންބޭނުމޭ އޭރުން ފެނަކަ ކޯޕަރޭޝަން އަކީ ފައިދާބޮޑު ކުނއފުންޏަކަށް ހަދާނަމޭ ވިދާޅުވި. މިކަންތައްތައް ހައްލުނުކުރެވެންޏާ އިސްތިއުފާދީ

މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ