މަޖިލިސް އިންތިހާބުގައި މޮނީޓަރަކަށް ވުމާއި މަންދޫބަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފި
އަލްފާ އަލީ
3/19/2024, 10:05:33 AM
-
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު މޮނިޓަރ ކުރުމާއި މަންދޫބަކަށް ވުމުގެ އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިފުރުޞަތު އަލުން ހުޅުވާލީ ނިންމީ އިންތިޚާބު ބާއްވާ ތާރީހު ބަދަލުވުމާއި ގުޅިގެންނެވެ. އެގޮތުން ފުރަތަމަ އިންތިހާބު ބާއްވަން ކަނޑައެޅީ މާރިޗް 17 ވަނަ ދުވަހު އެވެ ނަމަވެސް ގާނޫނަށް ގެނެވުނު އިސްލާހަކާއެކު ރޯދަމަހު އިންތިހާބު ނުބޭއްވޭނެތީ އޭޕްރިލް މަހު 21 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
މަޖިލިސް އިންތިހާބު އޮބްޒަރވްކުރުމާއި މޮނީޓަރަކަށް ވުމާއި، ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމަށް މިއަދު ހުޅުވާލި ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 13:30އަށް ހުޅުވާލާފައިވާ ކަމަށް އިލްކެޝަންސް ކޮމިޝަނުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މަންދޫބުން ބަދަލުކުރަން ބޭނުންވާ ކެންޑިޑޭޓުންނަށްވެސް މި މުއްދަތުގައި އެފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އީމެއިލް މެދުވެރިކޮށް ފޯމުތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އަދި ދަރުބާރުގޭގައި ހުރި ކޮމިޝަނުގެ ކައުންޓަރުތަކަށް ވެސް ފޯމު ހުށައެޅޭނެ ކަމަށެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ އެވެ.