
ފޭސް 2ގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން - ރައީސް
# ރައީސް މުއިއްޒު# ހުޅުމާލެ ފޭސް 2-
ހުޅުމާލެ 2ވަނަ ފިޔަވަހީގައި ކުޅިވަރުކުޅޭނެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާއްމު ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ހިޔާ ފްލެޓްގައި ދިރިއުޅޭ، ނިޝްރީނާ މޫސާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން ކަންބޮޑުވުން ފާޅުކޮށް އެކަމަށް ހައްލެއް ގެނެވޭނެ ދުވަހަކާ މެދު ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހިޔާ ސަރަހައްދުގައި ކުރަންޖެހޭ ކަންކަން ކުރިން ކޮށްފައި ނުވާ ކަމަށާއި އެންނަމަވެސް ސަރުކާރުން މިހާރު ހުޅުމާލެ 2ވަނަ ފިޔަވަހީގައި ޕާކުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށް ޕްލޭންކޮށްފައިވާކަމަށާއި އެމަސައްކަތް ވަރަށްއަވަހަށް ފަށްޓަވާނެ ކަމަށެވެ.
ހުޅުމާލެ 2ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިތާ ގިނަ އަހަރުތަކެއްވެފައިވާއިރު، އެސަރަހައްދަށް ބޭނުންވާވަސީލަތްތައް ގާއިމްކުރެވިފައި ނެތުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުމެކެވެ.
ގުޅުންހުރި

މަޖީދިއްޔާއަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" - ރައީސް

ރައީސް މުއިއްޒު އަކީ ފޭރާން ހެޔޮ މުޖުތަމައުއެއް ބިނާކުރަން މަސައްކަތް ކުރައްވާ ވެރިޔެއް - މުޖުތަބާ

މި އަހަރު ނިމެންވާއިރަށް އެސްޓީއޯ ރޭޓުގައި ހުރިހާ އަތޮޅަކުން ތެޔޮ ލިބޭނެ
