logoEN
cocacola
 އަސްކަރީ ޑްރޯންގެ ހިދުމަތް ފެށުމަކީ ތާރީހީ އަދި ފަހުރުވެރި ނިންމުމެއް - ގާސިމް

އަސްކަރީ ޑްރޯންގެ ހިދުމަތް ފެށުމަކީ ތާރީހީ އަދި ފަހުރުވެރި ނިންމުމެއް - ގާސިމް

އަލްފާ އަލީ

logo

3/17/2024, 8:39:45 AM

# ގާސިމް އިބްރާހިމް

-

"އެމް.އެން.ޑީ.އެފް އެއާ ކޯ" ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް (އެއަރފޯސް ގެ ޚިދުމަތް) ތައާރަފު ކޮށްދެއްވާ، ރާއްޖޭގައި ޒަމާނީ އަސްކަރީ ޑްރޯން އޮޕަރޭޓް ކުރުން، އިފްތިތާޙް ކޮށްދެއްވުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަރުހަބާ ދަންނަވައިފި އެވެ.

ގޮސިޔާ

ގާސިމް ވިދާޅުވީ ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުން އެއީ ދިވެހި ޤައުމުގެ މިނިވަންކަމާއި، އިސްތިޤްލާލް އަދި ދިވެހި ޤައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. މިމުހިންމު ބޮޑު މަސްއޫލިއްޔަތު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމީ ނުހަނު ތާރީޚީ އަދި އެހާމެ ފަޚުރުވެރި ނިންމެވުމެއްކަމަށް ގާސިމް ވިދާޅުވި އެވެ. މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނޭ މުހިންމު ޚިދުމަތެއް ކަމަށް ދެކޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް ، އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ތަޢާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހިރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެއް ކަމަށާއި، މިއީ ޔަޤީނުންވެސް ދިވެހިޤައުމު ތާއަބަދު ފަޚުރުވެރިވާނޭ ޚިދުމަތެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

"އެކުވެރި ޤައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް އަމިއްލައަށް ކުރަންޖެހޭ މިބާވަތުގެ ކަންކަން ކުރުމަށް އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނޭ ކަންކަން. އެހެން ކަމުން، ޤައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ޤައުމުގެ ދިފާޢަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ޤައުމާއި ގެން ކުރިއަށް ދިއުމަށް މަނިކުފާނު ތިޔަ ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، އަޅުގަނޑުގެ ޕާޓީގެ ނަމުގައި އައްސަރިބަހާ ސާބަސް އަރިސް ކުރަން" - ގާސިމް ވިދާޅުވި އެވެ.

މިފަދަ މުހިންމު މަސައްކަތްޕުޅުތައް ދިވެހި ޤައުމަށް ތަޢާރަފު ކޮށް ދެއްވުމަށާއި، އަދި އެކަންކަން ކުރިއަށް ގެންދެވުމަށްޓަކައި، ރައީސް މުޢިއްޒުގެ ޒަޢާމަތަށް ރޯޝަނީކަމާ، ބާއްޖަވެރިކަން މިންވަރު ކުރައްވުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާގޮތްކަމުގައި ގާސިމް ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ