
އަފްގާނިސްތާނުގެ ބޯޑަރު ކައިރީގައި ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ސިފައިންތަކެއް މަރުވެއްޖެ
# ޕާކިސްތާނުޕާކިސްތާނު ބޯޑަރު ސަރަހައްދު
ޕާކިސްތާނާއި އަފްގާނިސްތާނު ގުޅޭ ބޯޑަރު ކައިރީގައި ނިރުބަވެރިން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ ސިފައިންތަކެއް މަރުވެއްޖެ އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އެގައުމުގެ ހުޅަނގު އުތުރުގައި އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި ހުންނަ އަސްކަރީ ޕޯސްޓަކަށް ހަތިޔާރު އެޅި ޖަމާއަތަކުން ބޮން ބަރުކޮށްގެން ދިޔަ ވެހިކަލެއް ބޭނުންކޮށްގެން ހަމަލާދީ ސަލާމަތީ ބާރުތަކުގެ ހަތް މީހަކު މަރާލާފައިވާ ކަމަށެވެ.
ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ޑިސްޓްރިކްޓެއް ކަމަށްވާ ނޯތު ވަޒީރިސްތާނުގައި ހޮނިހިރު ދުވަހު ދިން ޙަމަލާއަށް ރައްދުގައި ޕާކިސްތާނުގ ސިފައިން ދިން ހަމަލާތަކުގައި 6 ނިރުބަވެރިއަކު މަރާލާފައިވާ ކަމަށްވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.
މި ހަމަލާގެ ފަހަތުގައި ވަނީ ކޮންބައެއްކަން އަސްކަރިއްޔާގެ މީޑިއާ ވިންގުން ހާމަކޮށްފައި ނުވި ނަމަވެސް، އަލަށް އުފެއްދި ނިރުބަވެރި ޖަމާއަތެއް ކަމަށްވާ ޖައިޝް-އޭ-ފުރްސާން-އޭ-މުހައްމަދުން ވަނީ ހަމަލާގެ ޒިންމާ މިހާރު އުފުލާފައެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބޮޑުވަޒީރު ޝަހުބާޒް ޝަރީފް ވަނީ މި ހަމަލާ ކުށްވެރިކުރައްވައި "ޝަހީދުވި" ސިފައިންގެ އަގު ވަޒަންކުރައްވާފައެވެ.
ގުޅުންހުރި

އަފްގާނިސްތާނުން ޕާކިސްތާނަށް ރައްދު ހަމަލާތަކެއް ދީފި

ޕާކިސްތާނު އަސްކަރިއްޔާއިން އަފްގާނިސްތާނަށް ވައިގެ ހަމަލާތަކެއް: ބަދަލު ހިފާނެ ކަމުގެ އިންޒާރު ތާލިބާނުން ދީފި

ޕާކިސްތާނުގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި ދެ ކުޑަކުދިން މަރުވެއްޖެ
