logoEN
cocacola
އައިވީއެފް އާއި އައިޔޫއައި ފަރުވާގެ އެހީއަށް އެދުމަށް ހުޅުވާލައިފި

އައިވީއެފް އާއި އައިޔޫއައި ފަރުވާގެ އެހީއަށް އެދުމަށް ހުޅުވާލައިފި

އަލްފާ އަލީ

logo

3/16/2024, 8:03:12 AM

# އައިޔޫއައި# އާސަންދަ# އައިވީއެފް# އެންސްޕާ

-

ދަރިމައިވުމަށް ހޯދާ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިވީއެފްގެ ފަރުވާ އާއި އައިޔޫއައި ފަރުވާއަށް ދައުލަތުން ދޭ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގޮސިޔާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާ ގުޅޭ އުސޫލުގެ ދަށުން އައި.ޔޫ.އައި އަދި އައިވީއެފްގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކުން އައިވީއެފް އަދި އައިޔޫއައި ފަރުވާގެ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް މެދުވެރިކޮށެވެ.

އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށެވެ. އަދި އައިޔޫއައި އެހީ ހަމަޖައްސަނީ ސްކީމުން ކަނޑައަޅާފައިވާ މިންވަރަށް، ތިން ފަރާތަކަށެވެ.

އައިވީއެފްއަށް ޕޮއިންޓު ދިނުމުގައި ބަލާނެ ކަންތައްތައް

  1. ދެމަފިރިންގެ ކައިވެނީގެ މުއްދަތު އަދި އަނބިމީހާގެ އުމުރު (50 ޕޮއިންޓް)
  2. ދެމަފިރިންގެ އާމްދަނީގެ މިންވަރު (40 ޕޮއިންޓް)
  3. ދެމަފިރިންގެ ތެރެއިން އެއްވެސް ފަރާތެއްގެ ދަރިއެއް ދުނިޔޭގައި ނެތް ނަމަ (25 ޕޮއިންޓް)
  4. ދެމަފިރިން/އާއިލާގެ ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ގޮތް (10 ޕޮއިންޓް)
  5. މީގެ ކުރިން އައިވީއެފްގެ ފަރުވާ ހޯދާފައިވާ މިންވަރު (25 ޕޮއިންޓް)

އެޖެންސީއަށް ފޯމު ލިބޭތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ ފޯމު ފުރިހަމަކަން، ނުވަތަ އިތުރު މައުލޫމާތާއި ލިޔެކިޔުން ބޭނުންވާނަމަ އެސްއެމްއެސް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހެޅި ފަރާތަށް އަންގަމުންދާނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލެވޭ މުއްދަތު ހަމަވާ ތާރީހުން ފެށިގެން ރަސްމީ 30 (ތިރީސް) ދުވަހުގެ ތެރޭގައި، އައިވީއެފް އާއި އައިޔޫއައިގެ އެހީ ފޯރުކޮށްދިނުމަށް މި އަހަރަށް ހަމަޖެހުނު ފަރާތްތަކަށް އަންގާނެ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. އަދި މި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައިވެސް ހިމަނާފައިވާ މުހިންމު ވައުދެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ