logoEN
cocacola
މަޖިލިސް އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހަމަވާނެ!

މަޖިލިސް އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހަމަވާނެ!

އަލްފާ އަލީ

logo

3/16/2024, 7:56:37 AM

# އީސީ# މަޖިލިސް 24

-

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީރަޖިސްޓްރީކުރުމަށް ދިން އިތުރު ފުރުސަތު މިއަދު މެންދުތު 3:00 އަށް ހަމަވާނެ އެވެ.

ގޮސިޔާ

އިލެކްޝަންސް ކޮމިޝަނުން ރީރަޖިސްޓްރީ ކުރުމަށް އިތުރު ފުރުސަތަކަށް މިދިޔަ އާދީއްތަ ދުވަހު ހުޅުވާލީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު އައުމާއި ގުޅިގެންނެވެ. މީގެ ކުރިން މިމަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރިނަމަވެސް ގާނޫނަށް ގެނެވުނު އިސްލާހަކާއެކު ރޯދަމަހުގައި އިންތިހާބު ބޭއްވުމުގެ ފުރުސަތު ނުލިބޭތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އޭޕްރިލް މަހު 21ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު މެންދުރުފަހު 3:00ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމަށް އެދި ހުށަހަޅަން ޖެހެނީ އޮންލައިންކޮށް ކަމުން ދުރާލާ ރީރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ރީ-ރަޖިސްޓްރީވުމަށް form.elections.gov.mv އަށް ދިޔުމުން އީފާސް މެދުވެރިކޮށް އަދި އީފާސްއާ ނުލާވެސް ރީރަޖިސްޓަރ ކުރެވޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި 1414 އަށް އެސްއެމްއެސް ކުރުމުން ވޯޓުލުމަށް މިހާރު ރަޖިސްޓްރީވެފައިވާ ތަން ކަށަވަރުކުރެވޭނެ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި އިންތިހާބުގެ ތާރީހަށް އައި ބަދަލާއެކު 284888 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެއީ އިންތިހާބު ފަސްކުރުމާއި ގުޅިގެން ވޯޓުލުމުގެ ހައްގު ލިބުނު 561 ޒުވާނުންނާއެކުގައެވެ. މި އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ