logoEN
cocacola
އެއަރ ކޯގެ ޚިދުމަތަކީ ޤައުމީ ސަލާމަތަށް ލިބޭ ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެއް - ޗީފް އޮފް ޑިފެންސް ފޯސް

އެއަރ ކޯގެ ޚިދުމަތަކީ ޤައުމީ ސަލާމަތަށް ލިބޭ ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެއް - ޗީފް އޮފް ޑިފެންސް ފޯސް

އައިޝަތު އިފާޝާ

logo

3/16/2024, 12:37:18 AM

# ދިފާއީ ވުޒާރާ# އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް ޢަބްދުއްރަހީމް ޢަބުދުލަތީފް - ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފް އެއަރ ކޯގެ ޚިދުމަތް ފެށުމަކީ ޤައުމީ ސަލާމަތަށް ލިބިގެންދާ ވަރަށް ބޮޑު ޔަގީންކަމަކާއި އިތުބާރެއްކަމަށް ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް ޢަބްދުއްރަހީމް ޢަބުދުލަތީފް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ޗީފް އޮފް ޑިފެންސް ފޯސް މިހެން ވިދާޅުވީ އެމްއެންޑީއެފް އެއަރ ކޯރ އިފްތިތާޙުކުރުމާއި، އަންމޭންޑް އޭރިޔަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. އެމްއެންޑީއެފް އެއަރ ކޯރ އިފްތިތާޙްކޮށް، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް ޢަބްދުއްރަހީމް ޢަބުދުލަތީފް ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހި އަސްކަރިއްޔާގެ ތެރޭގައި ވައިގެ ޙިދުމަތެއްގެ ތާރީޙެއް އޮތް ނަމަވެސް އެ މަސައްކަތްކޮށްފައިވަނީ ބޭރުގެ ފަރާތްތަކަށް ބަރޯސާވެގެންކަން ފާހަގަކޮށްފައެވެ.

ނަމަވެސް މިއަދު ފެށިގެންދާ އެއަރ ކޯގެ ހިދުމަތާއެކު ދިވެހި އަސްކަރިއްޔާގެ ވައިގެ ޙިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މިގޮތުން ބަދަލު ކުރުމުގެ ސިޔާސަތުތަކާއިއެކު، ދިވެހިން އަމިއްލަ ފައި މައްޗަށް ތެދުވާން ޖެހޭކަމަށް ވިދާޅުވެ، ދިވެހި އަސްކަރިއްޔާގައި އެއަރ ކޯއެއް އުފެއްދުމުގެ އެންމެ އިސް މޭސްތިރިއަކީ އިއްޒަތްތެރި ކޮމާންޑާ އިން ޗީފް، ޒަމާނީ ވަސީލަތްތަކާއި އެކު ޔޫ.އޭ.ވީ ހޯއްދަވައިދެއްވާ ސިފައިންގެ އަސްކަރީ ގާބިލްކަން މިއަދު މިވަނީ އެތައް ގުނައަކަށް މައްޗަށް ޖައްސަވާ ދެއްވާފައި" - ލެފްޓިނެންޓު ޖެނެރަލް ޢަބްދުއްރަހީމް ޢަބުދުއްލަތީފް ވިދާޅުވިއެވެ.

ޢަބްދުއްރަހީމް ވިދާޅުވީ، އެއަރ ކޯގެ ހިދުމަތާއެކު ޤައުމީ ސަލާމަތަށް ވަރަށް ބޮޑު ޔަޤީންކަމަކާއި އިތުބާރެއްކަމަށާއި މިކަމުގެ ސަަބަބުން މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެކަމުގެ ޤާބިލްކަން ދިވެހިންގެ އަސްކަރިއްޔާގައި ހުރިކަން ހާމަވެެގެންދާނޭކަމަށެވެ. އަދި އަސްކަރިއްޔާއަށް ހޯއްދަވައިދެއްވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށްވެސް ޢަބްދުއްރަހީމް ވިދާޅުވިއެވެ.

"މިއީ މިނިވަންކަމުގެ ރަމްޒުކަމުގައިވާ ރަތާއި ފެއްސާއި ހުދުގެ އައުދާނެ ދިދައަށް ވިހުރިލާން ލިބިގެންދާ ހިތްވަރާއި ބާރެއް، މިއީ ދިވެހިންނަށް ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ކަމާއި، ޤާބިލްކަން ދިވެހިންނާއި ދިވެހި އަސްކަރިއްޔާގައި އެބަހުރިކަން އެނގި ހާމަވެގެންދާނެކަމެއް،" - ލެފްޓިނެންޓު ޖެނެރަލް ޢަބްދުއްރަހީމް ޢަބުދުލަތީފް ވިދާޅުވިއެވެ.

އެމްއެންޑީއެފް އެއަރ ކޯރ އާއި އަންމޭންޑް އޭރިއަލް ވެހިކަލް، ޔޫއޭވީގެ ޚިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެއެވެ.

އެމްއެންޑީއެފް އެއަރ ކޯރގެ ދަށުން ޔޫ.އޭ.ވީ އުޅަނދުފަހަރު ނުވަތަ ޑްރޯން އޮޕަރޭޓްކުރާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައެވެ. މިވަގުތު މި އުޅަނދުފަހަރު އޮޕަރޭޓްކުރަމުންދާ ނ.މާފަރަކީ ނޮދަން އޭރިއާ ކޮމާންޑްގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ވައިގެ ބަނދަރެކެވެ. އެއަރޕޯޓުތަކުގައި ޤާއިމްކުރެވިފައިވާ ވަސީލަތްތަކަށް ބަލާއިރު މިއީ މިވަގުތަށް އެންމެ ރަނގަޅު ލޮކޭޝަންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ