
އަސްކަރީ ޑްރޯން ހިދުމަތަށް ލިބުނު ގިނަ އާލާތްތަކަކީ ތުރުކީއިން ހިލޭ ހަދިޔާކުރި ތަކެތި - ރައީސް
# ރާއްޖެ - ތުރުކީ# ރައީސް މުއިއްޒުރައީސް މުއިއްޒު ތުރުކީގެ ރައީސްއާއިއެކު
މިރޭ ދިވެހި ސިފައިންގެ ބާރުން ފެށި އަސްކަރީ ޑްރޯން ހިދުމަތަށް ލިބުނު ގިނަ އާލާތްތަކަކީ ރާއްޖެއާއި ތުރުކީއާއި ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ތުރުކީ ސަރުކާރުން ދިވެހިރާއްޖެއަށް ހިލޭ ހަދިޔާކުރި ތަކެތި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ރާއްޖޭގެ ދިފާއީ ބާރުގެ ވައިގެ ކޯ އާއި އަސްކަރީ ޑްރޯންތައް އިފްތިތާހްކުރުމަށް މާފަރުގައި މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ދިފާއީ ބާރުން މިރޭ ފެށި އަސްކަރީ ޑްރޯން ހިދުމަތުގައި ބޭނުންކުރާ ޑްރޯންތަކަކީ ތުރުކީ ކުންފުންޏެއްގެ ޑްރޯންތަކެކެވެ. އެގޮތުން ޑްރޯން ގަތުމުގެ އެއްބަސްުވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ..
ރައީސް ވަނީ މިރޭގެ ޖަލްސާގައި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާންއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޝުކުރު އަދާކުރައްވާފައި އެވެ. އެގޮތުން ރައީސް ވަނީ ރައީސް ތައްޔިބް އުރުދުގާން ދިވެހި ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާފައި އެވެ. އަދި އެގައުމަށް ރައީސް މުއިއްޒު ކުރެއްދި ދަތުރުފުގައި ބެހެެއްޓެވި ގާތްކަމަށްވެސް ޝުކުރު އަދާކުރައްވާފައި އެވެ.
ރައީސް ވިދާޅުވީ ޑްރޯން ހިދުމަތަށް އެގައުމުގެ ކުންފުންޏަކާއި އެކު ވެވުނު އެއްބަސްވުމުގެ އިތުރުން ހިދުމަތަށް ބޭނުންވާ ގިނަ އާލާތްތަކެއް އެގައުމުގެ ސަރުކާރުން ރާއްޖެއަށް ހިލޭ ހަދިޔާކޮށްދީފައިވާ ކަމަށެވެ. ނަމަވެސް އެތަކެތީގެ ތަފްސީލެއް ރައީސް ނުދެއްވައެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ސާނަވީ ނިންމާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް ރައީސް ހިތްވަރުދެއްވައިފި

ނޭދެވޭ އިޖުތިމާޢީ ބަލިތަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ޢިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް - ރައީސް

މަޖީދިއްޔާއަކީ މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ" - ރައީސް
